ސަރުކާރުން ދައުލަތް ލޫޓުވާ ކަމަށް ބުނެ، އެކަމާ ދެކޮޅަށް އިދިކޮޅު އެމްޑީޕީން މިމަހުގެ 3، ގައި ބޭއްވި މުޒާހަރާގައި ބައިވެރިވި ތިން މުވައްޒަފަކު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހޯމަ ދުވަހު ކަނޑާލައިފި އެވެ.
"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި އާރްޑީސީގެ ވަޒީފާއިން ކަނޑާލި ތިން މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ސީނިއާ ސޭލްސް އޮފިސަރު، އަހުމަދު އާޝް މުހައްމަދާއި، ސީނިއާ އިންވެންޓްރީ މެނޭޖްމަންޓް އޮފިސަރު، މުހައްމަދު އަރީބާއި، އެސިސްޓަންޓް މެނޭޖާ (އައިސީޓީ)، އަހުމަދު އަދީބެވެ.
"ހުރިހާ" އާ ވާހަކަދައްކަމުން އެ މީހުން ބުނީ ވަޒީފާއިން ވަކިކުރީ އެމްޑީޕީގެ މުޒާހަރާގައި ބައިވެރިވުމުން ކަމަށެވެ. އަދި މުޒާހަރާއަށް ދިޔަ ފަހުން ތަފާތުކުރުންތަކެއް ވެސް މެނޭޖްމަންޓުން އެ މުވައްޒަފުންނާ މެދު ގެންގުޅުނު ކަމަށް ވެސް އެމީހުން ބުންޏެވެ.
ތިން މީހުން ވެސް ވަޒީފާއިން ކަނޑާލި ބަހަނާއަކަށް ދައްކާފައި ވަނީ އޮފީހަށް ބައެއް ދުވަސްތަކުގައި ހާޒިރުވެފައި ނުވާތީ ފަރުވާކުޑަވުމުގެ ސަބަބުން ކަމަށެވެ. އެވެ. އެހެން ނަމަވެސް އެ މީހުން ބުނީ އޮފީހުގެ ފިންގާ މެޝިނުގައި މައްސަލަތަކެއް އުޅޭ ކަމަށާއި އެކަން ހައްލުކޮށްދޭން ވެރިންނަށް އަންގާފައި ވެސް ވާނެ ކަމަށް އެ މީހުން ބުންޏެވެ.
ބަރާބަރު، ސަރުކާރުގެ ވަޒީފާތަކުގައި އުޅޭމީހުން ތިޔަފާޑަށް ތެޅެންޏާ ވަކިކުރަންވީ
ރިޕްލައި