އިނގިރޭސި މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޖަސްޓިން ބީބާއާއި އޭނާގެ އަންހެނުން ހެއިލީ ބީބާ ކެނެޑާގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި ޖަސްޓިންއާއި ހެއިލީ އެމީހުންގެ ޗުއްޓީ ހޭދަކުރަމުން ދަނީ ކެނެޑާގެ ރަށްބޭރުގެ ސަރަހައްދެއްގަ އެވެ. އެހެން ނަމަވެސް އެއީ ސީދާ ކޮންތަނެއް ކަމެއް ޔަގީންވެފައެއް ނުވެ އެވެ.

އެ ޗުއްޓީގެ ތެރެއިން ނަގާފައިވާ ބައެއް ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ފޮޓޯތަކުން ދެމީހުންގެ ގާތްކަން ފެނިގެންދެ އެވެ.

އޭގެ އިތުރުން ގިނަ ބަޔަކު ފާހަގަކުރި އަނެއް ކަމަކީ ޖަސްޓިންއާއި ހެއިލީ އެމީހުންގެ ޗުއްޓީ ހޭދަކުރަނީ މައި ސިޓީގެ ހަލަބޮލިކަމުން ދުރުވެ ގުދުރަތީ މާހައުލެއްގައި ކަމެވެ.

އެގޮތުން ފަރުބަދަމަތީގެ ސަރަހައްދުތަކާއި ޖަންގަލި އަދި ކޯރު ފަދަ ތަންތަން އެ ފޮޓޯތަކުން ފެންނައިރު އެ ޗުއްޓީއަކީ އެމީހުން ބޭނުންވި ކަހަލަ ޗުއްޓީއެއް ކަމަށް ބުނެވެ އެވެ.

ޖަސްޓިންއާއި ހެއިލީ މި ވަގުތު ޗުއްޓީ ހޭދަކުރަމުން އަންނަ ކެނެޑާއަކީ ޖަސްޓިންގެ އާއިލާ ނިސްބަތްވާ ގައުމުކަން ފާހަގަ ކޮށްލެވެ އެވެ.

2018 ވަނަ އަހަރު ކައިވެނިކުރި ޖަސްޓިންއާއި ހެއިލީއަށް އެމީހުންގެ ފުރަތަމަ ދަރިފުޅު ޖެކް ބްލޫސް ބީބާ ލިބުނީ 2024 ވަނަ އަހަރު އެވެ.