އެޗްއާރްސީއެމްގެ އެސްޖީކަމުން ނައުޝާން އިސްތިއުފާ ދެއްވާފައި މިވަނީ އެ ކޮމިޝަނުން ތަހުގީގުތައް ހިންގާ ގޮތާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި. އޮކްޓޯބަރު 3، ގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރި މައްސަލަ އާއި ނޫސްވެރިން ކުރި މުޒާހަރާގައި ބައިވެރިވި މީހުންނާ ދެކޮޅަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި މައްސަލައިގައި އެ ކޮމިޝަނުން އަމަލުކުރި ގޮތާ މެދު ފާޑުކިޔުން އަމާޒުވެފައިވޭ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ސެކެޓްރީ ޖެނެރަލްގެ މަގާމުން އާމިނަތު ނައުޝާން އަބްދުލް މުހައިމިން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ނައުޝާން އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ހަފުތާ ތެރޭގަ އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ އޮންނަ އުސޫލުގެ ތެރެއިން އެއް މަހުގެ ނޯޓިސް ދިނުމަށްފަހު އެވެ. އެ މަގާމުން އިސްތިއުފާ ދެއްވިކަން ނައުޝާން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އެޗްއާރްސީއެމްގެ އެސްޖީގެ މަގާމަށް 2022 ގައި ނައުޝާން އައްޔަން ކުރުމުގެ ކުރިން އޭނާ ހުންނެވީ އެ ކޮމިޝަނުގެ ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެންޕީއެމް)ގެ ޑިރެކްޓަރުގެ މަގާމުގަ އެވެ.

އެޗްއާރްސީއެމްގެ އެސްޖީކަމުން ނައުޝާން އިސްތިއުފާ ދެއްވާފައި މިވަނީ އެ ކޮމިޝަނުން ތަހުގީގުތައް ހިންގާ ގޮތާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އޮކްޓޯބަރު 3، ގައި އެމްޑީޕީން ބޭއްވި މުޒާހަރާގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ފުލުހުން ކުރި މައްސަލަ އާއި ނޫސްވެރިން ކުރި މުޒާހަރާގައި ބައިވެރިވި މީހުންނާ ދެކޮޅަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރި މައްސަލައިގައި އެ ކޮމިޝަނުން އަމަލުކުރި ގޮތާ މެދު ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

މީގެ އިތުރުން މުޒާހަރާއާއި ގުޅިގެން ހިނގާފައިވާ އިތުރު މައްސަލަތަކެއް ވެސް އެ ކޮމިޝަނުން ގެންދަނީ ބަލަމުންނެވެ.