ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ބައްސާމްގެ މައްޗަށް ދައުލަތުން ހިޔާނާތުގެ ދައުވާކުރީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ދިން ތެރެއިން 10،000 ޑޮލަރު (154،000ރ.) ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކުރި ކަމަށް މައްސަލާގަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ހުކުމްކުރީ ޑޮލަރު މާރުކުރަން އެފްއޭއެމްއިން ދިން އެ ފައިިސާ ބައްސާމްގެ އަމިއްލަ ކަންކަމަށް ބޭނުންކޮށް, ހިޔާނާތްތެރިވެފައިވާކަން ސާބިތުވާ ކަމަށެވެ. އަދި އެ ކުށް އޭނާ ކުރީ އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރެ ކަމަށްވާތީ އެ ކުށަށް އޮންނަ އެންމެ ބޮޑު އަދަބު ދިނުމުގެ ގޮތުން ހަތަރު އަހަރަށް ޖަލަށްލާން ހުކުމްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
ހިޔާނާތުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާއެއް ބައްސާމްގެ މައްޗަށް ދައުލަތުން ކުރެ އެވެ. ނަމަވެސް އެ މައްސަލާގެ ހުކުމް މިއަދު ނީއްވަ އެވެ. އަދި އެފްއޭއެމްގެ އެހެން ފައިސާތަކެއްގެ މައްސަލާގައި ވެސް ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް ދައުލަތުން ކުރާއިރު, އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ.
ގެގް އޯޑަރުގެ އިސްތިއުނާފަށް ބާ ކައުންސިލުން ތަދައްހުލުވެއްޖެ
ޕްރައިމް ވީޑިއޯގެ "އެވްރީ އިޔާ އާފްޓާ"ގެ ދެވަނަ ސީޒަނެއް!
ރައްދުގައި ކަމަށް ބުނެ އެމެރިކާއިން އީރާނަށް ހަމަލާ ދޭތާ 2 ދުވަސް
