ބޮލީވުޑް އާއި ހޮލީވުޑްގައި ވެސް މަސައްކަތް ކުރަމުން އަންނަ ބަތަލާ ދީޕިކާއަކީ އިންޑިއާގެ އެންމެ ބޮޑު މުސާރައެއް ލިބޭ އެއް ބަތަލާ އެވެ.

އެގޮތުން އޭނާގެ މިލްކިއްޔާތުގައި އަގުބޮޑު އެތައް މުދަލެއް ހުރިއިރު ދީޕިކާގެ ކާރު ކަލެކްޝަނަކީ ގިނަ ބައެއްގެ ސަމާލުކަން ލިބޭ އެތައް ކާރެއް ހިމެނޭ ކަލެކްޝަނެކެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ދީޕިކާގެ ކާރު ކަލެކްޝަނުގައި އަގުބޮޑު ބްރޭންޑްތަކުގެ ތަފާތު މޮޑެލްތައް ހިމެނޭއިރު އެ ކަލެކްޝަންގެ އަގު ގާތްގަނޑަކަށް ދިހަ ކްރޯޑް ރުޕީސްއަށް އަރަ އެވެ.

ދީޕިކާގެ ކަލެކްޝަންގައި ހިމެނޭ ކާރުތަކުގެ ތެރޭގައި

  • އޯޑީ ކިއު7 - 80 ލައްކަ ރުޕީސް
  • މާސެޑީޒް މޭބަކް އެސް 500 – 2.40 ކްރޯޑް ރުޕީސް
  • ރޭންޖް ރޯވާ އިވޯކް – 1.40 ކްރޯޑް ރުޕީސް
  • މިނީ ކޫޕާ ކޮންވާޓިބަލް – 45 ލައްކަ ރުޕީސް
  • މާސެޑީޒް ބެންޒް އެސް ކްލާސް - 1.60 ކްރޯޑް ރުޕީސް
  • އޯޑީ އޭ8 އެލް - 1.20 ކްރޯޑް ރުޕީސް
  • އޯޑީ އޭ6 - 55 ލައްކަ ރުޕީސް
  • ބީއެމްޑަބްލިއު އެކްސް5 ސީރީޒް - 60 ލައްކަ ރުޕީސް
  • ޕޯޝް ކޭޔަން - 1 ކްރޯޑް ރުޕީސް

2018 ވަނަ އަހަރު އެކްޓަރު ރަންވީރު ސިންހްއާ ކައިވެނިކުރި ދީޕިކާ ވަނީ ދާދި ފަހުން އޭނާގެ އަލަތު ދަރިފުޅު ދުއާއަށް މަރުހަބާ ކިޔާފަ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާލާއިރު އޭނާ ދެން އެންމެ އަވަހަށް ފެންނާނީ ޝާހްރުކް ޚާންއާއި ސުހާނާ ޚާންއާއެކު ފިލްމު "ކިންގް" އިންނެވެ.