ދެހާހުގެ ކުރީކޮޅު ބޮލީވުޑް ފިލްމުތަކުގެ ސަޕޯޓިން ރޯލުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ތަރި ބޮބީ ޑާލިންގްގެ ސިއްހަތާމެދު އާއްމުން ކަންބޮޑުވެއްޖެ އެވެ.
މިފަހުން ބޮބީ ބޭރު ތެރެއިން ފެނުނުއިރު އޭނާގެ އުޅުނު ގޮތުން ހިނގުމުގައި ކޮންމެވެސް ވަރެއްގެ ދަތިތަކެއް ހުރިކަން މީޑިއާއަށް ފާހަގަވި އެވެ.
އެކަމާ ބެހޭގޮތުން ސުވާލު ކުރެވުމުން ބޮބީ ބުނީ ސިއްހީ މައްސަލައެއް ކުރިމަތިވި ކަމަށާއި އެހެން ނަމަވެސް މިހާރު ހާލަތު ރަނގަޅު ވަމުން އަންނަ ކަމަށެވެ.
"ކޮންމެވެސް ވަރެއްގެ މައްސަލައެއް ކުރިމަތިވި. އެކަމަކު މިހާރު ރަނގަޅު. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ" މީޑިއާއަށް މައުލޫމާތު ދެމުން ބޮބީ ބުނެފައިވެ އެވެ.
ބޮބީގެ އެ ފެނިލުން ފެންނަ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ގިނަ ބަޔަކު އަންނަނީ އޭނާގެ ސިއްހަތާމެދު ކަންބޮޑުވުން ފާޅުކޮށް އަވަސް ޝިފާއަކަށް އެދެމުންނެވެ.
ބޮބީ މަޝްހޫރު ވެފައިވަނީ އޭނާގެ ހެއްވާ މަޖާ ރޯލުތަކުންނެވެ. އެގޮތުން "ޗަލްތޭ ޗަލްތޭ"، "ޕޭޖް" އަދި "ކިޔާ ކޫލްހޭ ހަމް"އިން އޭނާ ފެނުނެވެ.
އެމެރިކާއިން އަލުން ހަމަލާ ދޭނަމަ ރައްދު ވަރުގަދަވާނެ: އީރާން
ބީއެމްއެލްގެ ފޮރެކްސް އިންވެސްޓްމަންޓް ފައިދާ ޑޮލަރުން ދެނީ
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!