މި ސަރުކާރު ހަމަގަށް ނާޅުވައިފިނަމަ 2028 ވަނަ އަހަރު ރާއްޖޭގައި ރިޔާސީ އިންތިހާބެއް ނޯންނާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި އިމްރާން ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން އެދޭނަމަ ހުރިހާ ސިޔާސީ ލީޑަރުން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވީ 2028 ގައި ރައީސް ކަމަށް ވަޑައިގަތުމުގެ ފުރުސަތު ބޮޑީ ކޮން ޕާޓީއަކަށްތޯ ކޮން ބޭފުޅަކަށްތޯ ބަލަން ނުތިބެ ހުރިހާ ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތައް އެކުވެގެން މަސައްކަތް ކުރަންވީ ވަގުތު މިއޮތީ ޖެހިފައި ކަމަށެވެ.
އިދިކޮޅު ފަރާތްތައް އެކުގައި މަސައްކަތް ކުރަންޖެހޭ ސަބަބުތައް އިމާރާންގެ ޕޯސްޓްގައި ފާހަގަކުރެއްވި އެވެ.
އޭގެ ތެރޭގައި، ވިޔަފާރިތައް ބަނގުރޫޓުވަމުން ދިޔުމާއި މާލީ ދަތިކަން ކުރިމަތިވެ ތަދުމަޑުކަމަކަށް ދިޔުމުގެ ފުރުސަތު އޮތުމާއި، ދިވެހިރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގުރުބާން ވެގެން ދައުލަތް ހިންގުމަށް އެކަށައަޅާފައިވާ ހަރުދަނާ ނިޒާމު ހަރާބުކޮށް ސުންނާފަތި ވަމުން ދިޔުން ހިމެނެ އެވެ.
އިންޑޮނޭޝިއާއަށް 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް
"ސަރުކާރުން ހިންގާ ގިނަ މަޝްރޫއުތައް އަންނަ އަހަރު ނިންމާލެވޭނެ"
ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު ދީފި
