އަންނަ އަހަރު ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު ދެއްކޭނެ ގޮތެއް ނެތި ރާއްޖޭގެ ސުކޫކު ޑިފޯލްޓު ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް އިތުރު ސުކޫކެއް ވިއްކޭނެ ކަމުގެ ޔަގީންކަން މިހާރު ނެތް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި އެ ޔަގީންކަން ނެތީ ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލެމުން ދިޔުމުންނެވެ. އެ ސުކޫކު އަނބުރާ ދައްކަން ޖެހެނީ އެޕްރީލް 8، 2026، ގަ އެވެ.
މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، އިންވެސްޓަރުންގެ އިތުބާރު އިތުރަށް ގެއްލި ފައިސާ ހޯދުމަށް އިތުރު ދަތިތަކެއް ކުރިމަތިވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މޫޑީސް އާއި ފިޗު ފަދަ ކްރެޑިޓް ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކޮށްފައި އޮތުމަކީ ވެސް އާ ސުކޫކެއް ވިއްކުމަށް ދަތިވާނެ ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިކަމާ ގުޅޭގޮތުން ސަރުކާރުން ވަކިއެއްޗެއް ނުބުނެ އެވެ.
އުތީމުގައި "ބޮޑުތަކުރުފާނު ދޮރޯށި" ރައީސް ހުޅުވައި ދެއްވައިފި
ފެނަކައިގެ މުވައްޒަފުން އަދިވެސް މަދުކުރަން ލަފާދޭނަން: އަޒާން
"ތިން މީހުން ހޯދަން ހުވަދޫ ކަނޑު ބަލާ މާދަމާ ނިންމާލެވޭނެ"
