ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ނޫސްވެރިން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި އެ ބިލް މިރޭ ފާސްކޮށްފި އެވެ.
އެ ބިލް ފާސްކުރީ އެ ބިލް ފާސްކުރުމާ ދެކޮޅަށް ނޫސްވެރިންނާއި އިދިކޮޅު އެމްޑީޕީން މަޖިލިސް ކައިރީ މުޒާހަރާ ކުރަމުން ދަނިކޮށެވެ. އެ ބިލާ ދެކޮޅު ހަދައި އިހްތިޖާޖުކުރި އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފަ އެވެ.
އެ ބިލު ތަސްދީގު ކުރުމުން މީޑިއާ ރެގިއުލޭޓް ކުރާނީ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުން މެންބަރުން ހިމެނޭހެން ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޝަނަކުންނެވެ.
ސޯޝަލް މީޑިއާގައި މަސައްކަތް ކުރާ މީހުންނަށް ފިޔަވަޅު އެޅޭނެ ކަމަށް އެ ބިލްގައި ބަޔާންކޮށްފައިވެ އެވެ. އަދި މީޑިއާތައް ޖޫރިމަނާ ވެސް ކުރެވެ އެވެ. މީޑިއާތަކުގެ ރަޖިސްޓްރީ ވެސް ބާތިލް ކުރެވެ އެވެ.
ތެދު ހަބަރަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު ވެސް އެ ކޮމިޝަނަށް ލިބިގެންވެ އެވެ.
އެ ބިލަކީ ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ރައީސް މުހައްމަދު މުއިއްޒަށް މީޑިއާގެ ކޮންޓްރޯލް ނެގޭގޮތަށް ފާސްކޮށްފައިވާ ބިލެކެވެ.
ނިދަން އުނދަގޫތަ؟ އަރާމު ނިންޖަކަށް ޑޮކްޓަރުންގެ ދެ އިރުޝާދެއް!
ޑައިވިންއަށް ދިޔަ އިޓަލީގެ އެކަކު މަރުވެ، އިތުރު 4 މީހަކު ހޯދަނީ
އެންޖެލީނާއާ ބައްދަލު ކުރަން އޭނާގެ ބައްޕަ އާދޭސް ކުރަނީ!
