ރާއްޖޭގެ މީޑިއާތައް ކޮންޓްރޯލް ކުރަން ސަރުކާރު އަޑީގައި އޮވެގެން މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ބިލް ބޭރުކޮށްލަން ގޮވާލައި މަޖިލިސް ކައިރީގައި މުޒާހަރާކުރި ނޫސްވެރިންނަށް އަނިޔާކޮށް މުޒާހަރާ ރޫޅާލައިފި އެވެ.
ފުލުހުން ވަނީ ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން އަރައި، އަންނައުނަށް ވެސް ގެއްލުންދީފަ އެވެ. ފުލުހުން ވަނީ އަނިޔާކޮށް ބައެއް ނޫސްވެރިންގެ ހަށިގަނޑުން ލޭ އޮހޮރުވާލާފަ އެވެ.
އަނިޔާކޮށްގެން ގަދަބާރުން ނޫސްވެރިން ފަހަތަށް ޖެއްސިޔަސް މުޒާހަރާ ހުއްޓާނުލައި ކުރިއަށް އެބަދެ އެވެ.
އެ ބިލާ ދެކޮޅަށް މިއަދު ހެނދުނުން ފެށިގެން ނޫސްވެރިން ދަނީ މުޒާހަރާ ކުރަމުންނެވެ. ނޫސްވެރިން މުޒާހަރާ ކުރަމުން ދަނިކޮށް ސަރުކާރަށް ތާއީދު ކުރާ މަދު ބަޔަކު ވަނީ މަޖިލިސް ކައިރިއަށް އެއްވެ މުޒާހަރާއެއް ކޮށްފަ އެވެ. ނަމަވެސް ފުލުހުން އެ މުޒާހަރާއަށް އެއްވެސް ހުރަހެއް ނާޅަ އެވެ.
އެތަނުން ގެންދިޔަ ނޫސްވެރިންގެ ތެރޭގައި އެމްޖޭއޭގެ އިންތިހާބީ ރައީސް އަހްމަދު ނާއިފާއި އިންތިހާބީ ނައިބު ރައީސް މުހައްމަދު ޝަހްޒާން ހިމެނެ އެވެ.
"ބޮޑު އީދަށް ރިސޯޓަށް" ފުރަތަމަ ނަސީބުވެރިޔާ އިއުލާންކޮށްފި
އާދަމް ޝަރީފް ގަތަރުގެ ސަފީރު ކަމަށް، ޔޫއޭއީއަށް ތޯރިގު
މުޒާހަރާ އިން ހައްޔަރުކުރި ލޫކަސް އާއި އިތުރު ދެ މީހަކު ބަންދު
