މި މަހުގެ ނުވަ ވަނަ ދުވަހު އިސްރާއީލުން ގަތަރުގެ ވެރިރަށް ދޯހާއަށް ދިން ހަމަލާއާ ގުޅޭގޮތުން ދޯހާގައި ބާއްވާ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުހައްމަދު މުއިއްޒު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.
އެ ހަމަލާއާ ގުޅިގެން ދޯހާގައި ބާއްވަނީ އެމަޖެންސީ އަރަބް ސަމިޓެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިރޭ ރައީސް މުއިއްޒަށް އަލްވަދާއު ކިޔާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ދައުލަތުގެ ވަޒީރުންނެވެ.
ރައީސް އޮފީހުން ބުނީ ރާއްޖެއިން އަބަދުވެސް އޮންނާނީ ގަތަރާއެކު ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތު ކުރުންމަތީ ރާއްޖެ ދެމި އޮންނާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
4 އަހަރަށްފަހު ޕްރިންސް ހެރީއާއި މޭގަން އިނގިރޭސި ވިލާތަށް!
ހަމަލާތައް ހުއްޓާލައި މަޝްވަރާތައް އަލުން ފަށަން ތައްޔާރުވެއްޖެ
ފުލުހުންގެ ގާނޫނަށް އިސްލާހު ގެންނަނީ
