ގަވާއިދާ ހިލާފަށް ސިނިރޭޓްގެ ވިޔަފާރި ކުރި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭ ކަންނެލި ޖެޓީ ކައިރިން ޕެޓްރޯލްކުރަމުން ދިޔަ ފުލުހުންނަށް ޝައްކު ކުރެވޭ މީހަކު ފެނުމުން ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ މީހާ އާއި އެ މީހާ ގެންގުޅުނު ތަކެތި ބަލައި ފާސްކުރިއިރު، ގިނަ އަދަދެއްގެ ސިނގިރޭޓް ފޮއްޓާއި ދުންފަތާއި ސިނގިރޭޓް ފިލްޓަރާއި ރިޒްލާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން 53،000 ރުފިޔާ އާއި ސިނގިރޭޓް އަނބުރަން ބޭނުންކުރާ ބޮކްސް އެއް ވެސް އެ މީހާގެ އަތުން ފެނުނު ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ސައްދާމް ހޮސައިން،32 ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
18 ކޭސް ދުންފަތާއި 75 ސިނގިރޭޓު ކާޓޫން އަތުލައިގެންފި
"ބޮޑު އީދަށް ރިސޯޓަށް" ފުރަތަމަ ނަސީބުވެރިޔާ އިއުލާންކޮށްފި
