މަޝްހޫރު އެކްޓަރު އަދި ރެސްލިން ޗެމްޕިއަން ޑްވޭން ޖޯންސަން (ދަ ރޮކް)ގެ ބަރުދަނަށް މި ފަހުން އައި ބޮޑު ބަދަލުގެ ސިއްރު އޭނާ ހާމަކޮށްފި އެވެ.
ނިމިދިޔަ ވެނިސް ފިލްމު ފެސްޓިވަލްގެ ތެރެއިން ދަ ރޮކް ފެނުނުއިރު އޭނާ ވަރަށް ބޮޑަށް ހިކިފައި ހުރުމުން ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދުނެވެ.
އެންމެ ފަހުން މީޑިއާއަށް އެނގިފައިވާ ގޮތުގައި ދަ ރޮކް އެހާ ބޮޑަށް ހިކުނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ލިޒާޑް މިއުޒިކް"ގައި އޭނާ ދައްކުވައިދޭ ކެރެކްޓަރުގެ ގޮތުންނެވެ.
އެގޮތުން އެ ފިލްމުގައި އޭނާ ފެނިގެންދާނީ ވަރަށް އާދައިގެ އުމުރުން 70ގެ އަހަރުތަކުގައި އުޅޭ މީހެއްގެ ރޯލުން ކަމަށްވާތީ އޭނާ ކުރިން ހުރި ގޮތް އެ ރޯލާ ނުގުޅެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ފިލްމަށް ތައްޔާރު ވުމުގެ ގޮތުން ދަ ރޮކް ވަނީ މިހާތަނަށް ވެސް އޭނާގެ ހަށިގަނޑުން 30 ޕައުންޑް ލުއިކޮށްފަ އެވެ.
އެ ފިލްމަކީ ދަ ރޮކް އާއްމުކޮށް ފެންނަ އެކްޝަން ފިލްމުތަކާ މުޅިން ތަފާތު ފިލްމަކަށްވާއިރު ބައެއް މީހުން އަންނަނީ އެކަމާ ނުރުހުން ފާޅުކުރަމުންނެވެ.