ގަތަރުގެ ވެރިރަށް، ދޯހާއަށް އިސްރާއީލުން ދިން ހަމަލާ، ރައީސް މުހައްމަދު މުއިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފި އެވެ.
އިޒްރޭލުގެ ހަމަލާ ކުށްވެރިކުރައްވައި، 'އެކްސް'ގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސް ވަނީ، އިޒްރޭލުގެ މި އަމަލާއަކީ، ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު، އަދި ކަނޑައެޅިގެން ގަތަރުގެ ސިޔާދަތާއި ސަރަހައްދީ ހަމަޖެހުމަށް ހުރަސްއެޅޭނެ، ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވާފަ އެވެ.
ރާއްޖެ ދެމިއޮތީ ގަތަރާ އެކުގައި ކަމުގެ ޔަގީންކަން ތަކުރާރުކުރައްވަމުން ރައީސް ވަނީ، ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގެންފައިވާ އުސޫލުތަކާއި ގަވައިދުތަކާ ހިލާފަށް، އިސްރާއީލުން ތަކުރާރުކޮށް ހިންގަމުންގެންދާ ޖަރީމާތަކަށް އެ ގައުމު ޖަވާބުދާރީކުރުވުމަށް، ގުޅިފައިވާ ރޫޙެއްގައި ފިޔަވަޅު އެޅުން އަވަސްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށްވެސް ގޮވާލައްވާފަ އެވެ.
އިސްރާއީލުން ބުނީ އެ ގައުމުން ހަމަލާދިނީ ގަތަރުގައި ހަމާސްގެ މީހުން ތިބި އިމާރާތަކަށް ކަމަށެވެ. އެ ހަމަލާގައި ހަމާސްގެ އެއްވެސް މީހަކު މަރުނުވާކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.
މައްސަލަ ހުށަހަޅާފައި ވަނިކޮށް ނާޒިމް މެލޭޝިޔާއަށް
"ސްޓްރެސް އީޓިން"އަކީ ކޮބާ؟ ކޮންޓްރޯލް ކުރާނީ ކިހިނެއް؟
އެންޖެލީނާއާ ބައްދަލު ކުރަން އޭނާގެ ބައްޕަ އާދޭސް ކުރަނީ!
