ސިނަމާލެ ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޕިކަޕެއް ފުރޮޅާލައިފި އެވެ.
ފުލުހުން ބުނީ, ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސް، ޑިވައިޑާތަކުގައި ޖެހި ޕިކަޕު ފުރޮޅާލައިފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު އެވެ. ކޮންޓްރޯލުން ނެއްޓި ޕިކަޕް ކާރެއްގައިވެސް ޖެހުނުކަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް އެ ކާރަށް މާބޮޑު ގެއްލުމެއް ނުވާ ކަމަށް ފުލުހުން ބުނެ އެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށްވެސް ފުލުހުން ބުންޏެވެ. ނަމަވެސް ފުރޮޅާލި ޕިކަޕަށް ބޮޑެތި ގެއްލުންތަކެއް ވެފައިވެއެވެ.
ޕިކަޕް ކޮންޓްރޯލު ނުވެގެންގޮސް ހައިވޭގައި ހުރި ޑިވައިޑާތަކުގައި ޖެހި ގެއްލުންވެފައިވެ އެވެ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
މިހާރު ހިންގާ މީޑިއާތައް 6 މަސްތެރޭ ރަޖިސްޓްރީކުރުން ލާޒިމްކޮށްފި
އީރާނުން ވިޔަފާރީގެ މުޅިން އެހެން އުކުޅުތަކެއް، ޓްރަމްޕް ވާނުވާގަ
ފުރަތަމަ ކުއާޓާގައި ދެ މިލިއަން މީހުން ވީއައިއޭއިން ހިދުމަތް ހޯދި