ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި މީޑިއާ ރެގިއުލޭޓަރީ ނިޒާމުގެ ރިވިއުއެއް ހެދުމުގެ މަސައްކަތްތަކަށް ހަތަރު މަސް ދުވަހުގެ މުއްދަތެއް ދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދިއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމްގެ އެންގެވުމަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ އެ ބިލް ބޭރުކޮށްލުމަށް އެކި މުއައްސަސާތަކާއި ގިނަ އަދަދެއްގެ ނޫސްވެރިން އަންނަނީ ގޮވާލަމުންނެވެ.
އެ ފަރާތްތަކުން އެދިފައި ވަނީ ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު އަލުން ބިލެއް ޑްރާފްޓްކުރުމަށެވެ.
އެމްޖޭއޭގެ ޑިރެކްޓަރު މުހައްމަދު ޖުނައިދު ވިދާޅުވީ އަވަސް އަރުވާލައިގެން އެ ބިލްގެ މަސައްކަތް ކުރިއަށްގެންދަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި އަވަސްއަރުވާލައިގެން އެ މަސައްކަތް ކުރިއަށްގެންދަނީ ކީއްވެތޯ ސުވާލުކުރުމުން މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރުން ޖަވާބެއް ނުދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އިންސާފުވެރި ހަމަހަމަ، ވަކި ފަރާތަކަށް ނުޖެހޭ އުސޫލުތަކެއްގެ ތެރެއިން މީޑިއާ ރެގިއުލޭޓްރީގެ ކަންކަން ކުރިއަށްގެންދަން،" ޖުނައިދު ވިދާޅުވި އެވެ.
އެ ބިލާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން ދަނިކޮށް ބަންޑާރަނައިބު އަހްމަދު އުޝާމް ވަނީ އެ ބިލްގެ ދިފާއުގައި ތެދުވެވަޑައިގެންފަ އެވެ.
ފަހު ވަގުތު މާޓިނެލީ ޖެހި ލަނޑާއެކު ބްރެޒިލް ގަދަ 16 އަށް
ޖީބަށް ބަަރު ނުކޮށް ގޭތެރެ ފުރިހަމަ ކޮށްލާނެ ދެތިން ގޮތެއް!
އައިފޯން 18 ޕްރޯއާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ލީކްވެއްޖެ
