ދުބާއީ (12 އޭޕްރީލް) - ރަމަޟާން މަހު ދުބާއީގެ ރެސްޓޯރެންޓުތައް ހިންގުމުގެ އުސޫލުތަކަށް ބަދަލު ގެނެސްފި އެވެ.
އަލަށް ގެނައި ބަދަލުތަކުގެ ދަށުން މި ރަމަޟާން މަހު ދުވާލު ގަޑީގައި އޯޕަން އޭރިއާ ފަދަ ހާމައަށް ފެންނަ ހުންނަ ހިސާބުތަކުގައި ވެސް ޚިދުމަތް ދެވޭނެ އެވެ.
ދުބާއީގެ ޑިޕާޓްމަންޓް އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އާއްމުކުރި އާ އުސޫލުގައިވާ ގޮތުން ރަމަޟާން މަހު ދުވާލު ގަޑީގައި އާއްމު ތަންތަނުގައި ކެއިން ބުއިމުގެ ޚިދުމަތް ދޭން ނަގަން ޖެހޭ ހުއްދަ ވެސް މި އަހަރު އިސްތިސްނާ ވާނެ އެވެ.
ފާއިތުވެ ދިޔަ އަހަރުތަކުގައި ރަމަޟާން މަހުގެ ދުވާލު ގަޑީގައި ދުބާއީ ގެ ރެސްޓޯރެންޓު ތަކުގައި ޚިދުމަތް ދެވޭނީ ސަރުކާރުން ދޭ ހާއްސަ ހުއްދައެއްގެ ދަށުން އާއްމުންނަށް ނުފެންނަ ގޮތަށް ފަރުދާ ކޮށްގެންނެވެ.
ރަމަޟާން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި ބަދަލުތަކަށް އަމަލު ކުރަން ފަށާއިރު މިބަދަލުތަކަށް އެއްބަޔަކު މަރުހަބާ ކިޔާފައި ވާއިރު އަނެއް ބަޔަކު ވަނީ އެ ނިންމުމަށް ފާޑު ކިޔާފަ އެވެ.
ދުބާއީގެ ސަރުކާރުން ވަނީ މި އަހަރުގެ ރޯދަމަހު ރޯދަ ވިއްލުންތައް ފަދަ އާއްމު އެއްވުންތައް ބޭއްވުމުގައި އަމަލު ކުރަން ޖެހޭ އުސޫލެއް ކަނޑައަޅާ އާއްމު ކޮށްފަ އެވެ. -- - އަލް އަރަބިއާ
ކައިވެނި ރޫޅުމުގައި ކުށްވެރި ކުރާނެ ދެވަނަ މީހަކު ނެތް: ޖޭލޯ
"ދިލް ތޯ ޕާގަލް ހޭ"އަށް ގިނަ ބަތަލާއިން ނޫނެކޭ ބުނީ ކީއްވެ؟
ދިރާގު ފޯރި ލަކީޑްރޯގައި 65 އިންޗީގެ ސްމާޓް ޓީވީއެއް