އދ. އޮމަދޫގައި އަމިއްލަ ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އޮމަދޫ ގެއެއްގައި މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވޭ މީހަކު އަޑު ގަދަކޮށް ހަޑި ހުތުރު ބަހުން މުއާމަލާތުކޮށް، ތަކެއްޗަށް ގެއްލުންދީ އޭނާ ދިރިއުޅޭ ގޭގެ ކޮޓަރިއެއްގައި އަލިފާން ރޯކޮށްލައިފައިވާ މައްސަލައެއް ރޭ 9:27 ކަންހާއިރު، އެއިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ކޮޓަރީގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން، މީހަކަށް އަނިޔާނުވި ނަމަވެސް، ކޮޓަރީގައި ހުރި ގިނަ އަދަދެއްގެ ތަކެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަންދާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މި މައްސަލައިގެ ތުހުމަތުގައި އޮމަދޫ، ސްޓެއްލާ، އަހުމަދު ނާފިއު 32އ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ. މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ތުރުކީގެ ކޮފީ: ކޮންމެ ތަށްޓަކުން ސަގާފަތުގެ އެތައް ސަފްހާއެއް!
އެރިއާނާގެ އެންމެ ފަހުގެ ފެނިލުމާއެކު ކަންބޮޑުވުންތަކެއް!
މިއުޒިކީ ދާއިރާއިން "ބްރޭކް"އެއް ނަގަން އެރިއާނާ ނިންމި ސަބަބު!