މިއަހަރުގެ ލަލީގާގެ މެޗުތައް ލައިވްކޮށް އައިސް ނެޓްވޯކުގެ ޗެނަލްތައް މެދުވެރިކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ލަލީގާ އަކީ ރިއަލް މެޑްރިޑް، ބާސެލޯނާ، އެޓްލެޓިކޯ މެޑްރިޑް ފަދަ ދުނިޔޭގެ އެންމެ ބޮޑެތި ފުޓުބޯޅަ ތަރިން ހިމެނޭ ޓީމުތައް ކުޅޭ ސްޕެނިޝް ފުޓްބޯޅަ ލީގެވެ. ލަލީގާގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އޮގަސްޓް މަހު އެވެ.

މިގޮތުން މިއަހަރުގެ އޮގަސްޓް މަހުގެ 15 ދުވަހު ފަށާ މި މުބާރާތުގައި އެންމެ ފުރަތަމަ ވާދަކުރަނީ ގިރޯނާ އާއި ރަޔޯ ވައްލެކާނޯ އެވެ.

https://www.facebook.com/watch/?mibextid=wwXIfr&v=2262463127557038&rdid=pa4kJVhjBh18UjNS

މި މެޗުތައް ލައިވްކޮށް އައިސް ނެޓްވޯކުން ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އައިސް ޗެނަލްތަކުގެ ތެރޭގައި ހިމެނެނީ، އައިސް (ޗެނަލް 100)، އައިސް ސްޕޯޓްސް (ޗެނަލް 102) ، އައިސް ޕްލަސް (ޗެނަލް 888) އަދި އައިސް އެކްސްޓްރާ (ޗެނަލް 889) އެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ ލީގުގެ މެޗުތައް ދިވެހިންނާ ހިސާބަށް ގެނެސްދިނުމަށް މީޑިއާނެޓުން އަންނަނީ ގިނަ މަސއްކަތްތަކެއް ކުރަމުންނެވެ.