އުމުރުން 51 އެއް އަހަރުގައިވެސް ޒުވާނެއްގެ ރީތިކަން ލިބިފައިވާ ބޮލީވުޑްގެ ތަރި މަލައިކާ އަރޯރާއަކީ ރީތި ހަންގަނޑެއް ލިބިފައިވާ ފަންނާނެކެވެ. އޭނާ ވަނީ ދާދިފަހުން އިންސްޓަގްރާމްގައި އޭނާގެ ރީތި މޫނުގެ ސިއްރު ހާމަކޮށް ސްކިން ކެއާ ރޫޓިން ހިއްސާކޮށްފަ އެވެ.

މަލައިކާ ކިޔާ ދިނީ މޫނުގެ ހަންގަނޑު ރެޑީ ކުރާނެ ގޮތެވެ. އަދި މޭކަޕްގެ ކުރިން ކުރަންވީ ކަންކަން އޭނާވަނީ ކިޔާދީފަ އެވެ.

ފޭސް އޮއިލްއާއި ރޯލާ ބޭނުންކުރުން

މަލައިކާ ބުނީ އޭނާގެ މޫނު ހައިޑްރޭޓްކޮށް ބެހެއްޓުމަށް އަބަދުވެސް ފޭސް އޮއިލް ބޭނުންކުރާ ކަމަށެވެ. އަދި އޭގެފަހުން ފޭސް ރޯލާއަކުން މަޑުމަޑުން މަސާޖު ކުރެ އެވެ.

އަންޑާ އައި ޕެޗް ބޭނުންކުރުން

ލޯ ކައިރި ކަޅުވެ ޑާކްސާކަލްސްއިން ސަލާމަތް ކުރުމަށް އަންޑާއައި ޕެޗް ބޭނުން ކުރާ ކަމަށް މަލައިކާ ބުނެފައިވެ އެވެ. އޭރުން ލޯމަތިން ފެންނަން ހުންނަ ވަރުބަލިކަން ކުޑަކޮށް ތާޒާކަން ފެންނަން ހުންނާނެކަމަށް އޭނާ ބުންޏެވެ.

ކަރު މަސާޖު ކުރުން

ސްކިން ކެއާ ރޫޓިން އާއެކު ކޮންމެ ދުވަހަކުވެސް މަޑު މަޑުން މަސާޖު ކުރުމުން މަސްތައް ރިލެކްސްކޮށް މޫނު މައްޗަށް ތާޒާކަން ގެނުވާ ކަމަށް މަލައިކާ ބުނެފައި ވެއެވެ.

https://www.instagram.com/reel/DMUhd-ztgM2/?utm_source=ig_web_copy_link

ލިޕް ބާމް

މޭކަޕްގެ ކުރިން އަބަދުވެސް ތުންފަތުގައި ޕްލަމްޕް ނުވަތަ ލިޕް ބާމު ހާކާ ކަމަށް މަލައިކާ ބުންޏެވެ. އޭރުން ލިޕްސްޓިކް ޖެއްސުމުގެ ކުރިން ތުންފަތް ރީތިކޮށް ހުރުމަށް އެހީތެރިވެދެ އެވެ.

ޖޫން 2024 ގައި މަލައިކާ ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާގެ ގްލޮވިން ސްކިންގެ ފަހަތުގައި ވަނީ ހެނދުނު ހޭލައިގެން މޫނު ނުދޮންނާތީ ކަމަށެވެ. ސަބަބަކީ ނިދުމުގެ ކުރިން ހަންގަނޑަށް ރަނގަޅު ޕްރޮޑަކްޓުތައް ބޭނުން ކޮށްފައި ހުރުމުން ހޭލާއިރު ހުންނާނީ އެންމެ ފުރިހަމަ ކޮށްކަމަށް ވާތީ ކަމަށް އޭނާ ބުންޏެވެ.