ޖުލައި 13 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 16 އަހަރުގެ ކުޑަކުއްޖާ އަށް ފަރުވާދިނުމަށްފަހު އައިޖީއެމްއެޗުން ދޫކޮށްލައިފި އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ބުނީ އެ ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލީ އިއްޔެ ކަމަށެވެ.
މި ކުއްޖާގެ އިތުުރުންވެސް ބޮޑުތަކުރުފާނު މަގު މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި މި އެކްސިޑެންޓުގައި މަގު ހުރަސްކުރަން އުޅެނިކޮށް އަނިޔާވީ ބ. ތުޅާދޫއަށް ނިސްބަތްވާ އިބްރާހިމް ސިރާޖް، 40، އަށެވެ.
އޭނާ އަށް ބޮޑެތި ޒަހަމްތަކެއް ލިބުނުއިރު،މި އަނިޔާތަކަށް ފަރުވާ ދިނުމަށްފަހު އޭނާ ވެންޓިލޭޓަރުން ނެގީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އޭނާގެ އިތުރުން ސިރާޖުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން ޔޫސުފް އަލްސަން މުހައްމަދު، 17 ނިޔާވެފައިވާއިރު، އަލްސަން އަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ތޭރަވާ އާއި އަޝްފާގެ ހުރި ހަމައެކަނި ދަރިފުޅެވެ.
ސަރުކާރު ކުންފުނިތަކަށް ބިން ދޫކުރެވޭގޮތަށް ގަވާއިދު ބަދަލުކޮށްފި
"ސްޕައިޑަ-މޭން: އަ ބްރޭންޑް ނިއު ޑޭ"އަށް 1 ބިލިއަން ޑޮލަރު!
ރާއްޖެ އެތެރެކުރި 800 ވޭޕް ކާޓްރިޖް އަތުލައިގެންފި