ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ އެއްބަސްވުމަށް ސަރުކާރުން ބަދަލު ގެނެސް، އާ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖުބޫރުކުރާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދުގެ ޖަލްސާގައި ބޭރުކޮށްލައިފި އެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.
މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 34 މެންބަރުން ވޯޓު ދެއްވިއިރު، ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އިބްރާހީމް ވިދާޅުވީ، ކުރީގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބޭނެކަމަށް ކަނޑައަޅައި، ގެޒެޓްކޮށްފައިވާ ފަރާތްތަކާއެކު ގޯތި ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން އެ އެއްބަސްވުންތައް ގާނޫނާ ފުށުއަރާކަމަށް ބުނެ، ހައުސިން މިނިސްޓްރީ މެދުވެރިކޮށް އާ އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޖުބޫރުކުރަމުންދާ ކަމަށް މެންބަރު ފާހަގަކުރެއްވި އެވެ.
މެންބަރު މުހައްމަދު އިބްރާހީމް އިތުރަށް ވިދާޅުވީ، ސަރުކާރުން އަމިއްލަ ފަރުދުންނާއެކު ހަދާފައިވާ އެއްބަސްވުމެއް ސަރުކާރުން އަމިއްލައަށް އުވާލައި، އާ ޝަރުތުތަކެއް ކަނޑައެޅުމަށްފަހު އެފަދަ ލިޔުމެއްގައި ސޮއިކުރުމަށް މަޖުބޫރު ކުރުމަކީ ކޮންޓްރެކްޓާ ބެހޭ ޤާނޫނާ ހިލާފު ކަމެއް ކަމަށެވެ.

މިފަހަރު 3 ކަރުދާސްކޮޅު ލާން ޖެހޭނީ ވަކި 3 ފޮއްޓަށް: އީސީ
މޯލްޑިވް ގޭސް އިން ކޮންޓްރޯލްކޮށްގެން ގޭސް ވިއްކަން ފަށައިފި
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ އިތުރު 26 ކުއްޖަކަށް
