މިދިޔަ މަހުގެ 25 ވަނަ ދުވަހު މާލެއިން ގެއްލުނު މީހަކު ފުލުހުން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ޏ. ފުވައްމުލައް، ހޯދަޑު، ބޯގަންވިލާ، ސާމީ އަބްދުލްހަމީދު 34އ. ކަމަށެވެ.

ފުލުހުން ބުނީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސާމީ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާއިން ބުނެފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ 18:16 ގައި ކަމަށް ފުލުހުން ބުނެ އެވެ.

މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު ފުލުހުންގެ ކަމާގުޅުންހުރި އެންމެހާ ތަންތަނަށް މައުލޫމާތު ހިއްސާކުރެވި މީހާ ހޯދުމުގެ މަސައްކަތްކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މިހާތަނަށް ކުރެވުނު މަސައްކަތުން މީހާ ހޯދިފައިނުވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މިއާއެކު ފުލުހުން ވަނީ ސާމީއާ ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9790092 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅާ ހިއްސާކުރުމަށް އެދިފަ އެވެ.