ހޮލީވުޑްގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ކީ ލަވައެއްގެ ސަބަބުން އޭނާއަށް ދޫކޮށްފައިވާ އޮސްޓްރޭލިއާގެ ވިސާ ހިފަހައްޓައިފި އެވެ.
އޮސްޓްރޭލިއާއިން ކާންޔޭގެ ވިސާ ހިފަހައްޓާފައިވަނީ މިދިޔަ މެއި މަހު ރިލީޒްކުރި ލަވަ "ހެއިލް ހިޓްލާ"ގެ ސަބަބުން ކަމަށް ހަބަރުތައް ބުނެ އެވެ.
"ހެއިލް ހިޓްލާ" ލަވައަކީ ޔަހޫދީންނާ ދެކޮޅަށް އިންގިލާބެއް ގެނައި އެޑޮލްފް ހިޓްލަރުގެ "ނާޒީ" ފިކުރު ޕްރޮމޯޓްކުރާ ލަވަ އެކެވެ. ހިޓްލަރަކީ 1900ގެ ކުރީކޮޅު އެތައް ހާސް ޔަހޫދީން މަރުވި "ހޮލޮކާސްޓް"ގެ އިސް ލީޑަރެވެ.
ކާންޔޭގެ ވިސާ ހިފަހައްޓަމުން އޮސްޓްރޭލިއާގެ ހޯމް މިނިސްޓްރީއިން ބުނެފައިވަނީ އެފަދަ ފިކުރެއް އެ ގައުމުގައި އާލާވާން ބޭނުންނުވާ ކަމަށެވެ.
"އަހަރުމެންގެ ގައުމުގައި މިހާރުވެސް ގިނަ މައްސަލަތަކެއް އެބަހުރި. އޭގެ އިތުރަށް މިފަދަ ފިކުރުތައް އާލާވާން ބޭނުމެއް ނުވޭ،" އޮސްޓްރޭލިއާގެ ހޯމް މިނިސްޓަރު ޓޮނީ ބާކް ވިދާޅުވި އެވެ.
ކާންޔޭއަކީ ފާޅުގައި ހިޓްލަރުގެ ފިކުރަށް ތާއީދުކުރާ ތަރިއަކަށްވާއިރު އެކަމާ ގުޅިގެން އޭނާ ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން މީގެ ކުރިންވެސް އޭނާއަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އެވެ.
އާޖެންޓީނާ ޓީމުން މެސީގެ ޖާޒީ ހާއްސަވަނީ ކީއްވެ؟
އަލްކާގެ ސިއްހަތާމެދު ގިނަ ބަޔަކު ކަންބޮޑު ވެއްޖެ
"ދެކުނު އޭޝިއާގައި އެންމެ ދަރަނި ބޮޑު ގައުމަކީ ރާއްޖެ"