ހޮލީވުޑްގެ މަޝްހޫރު ފިލްމު ފްރެންޗައިޒް "ޖުރަސިކް ވޯލްޑް"ގެ އާ ފިލްމު "ޖުރާސިކް ވޯލްޑް ރީބާތު" މިހާރު ދަނީ ސިނަމާތަކުގައި ދައްކަމުންނެވެ.
މީގެ ކުރިން ނެރުނު އެ ފްރެންޗައިޒްގެ ފިލްމުތަކާ އެއްގޮތް ވާނެ ކަމުގެ އުއްމީދުތަކާއެކު ގިނަ ބަޔަކު އެ ފިލްމަށް ދިޔަ ނަމަވެސް އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ މާޔޫސްވެފަ އެވެ.
މިހާތަނަށް ފިލްމު ބެލި ގިނަ ބަޔަކު ޓްވިޓާގައި ޝުއޫރު ފާޅުކުރަމުން ބުނެފައިވަނީ މީގެ ކުރީގެ ފިލްމުތަކާ އަޅާބަލާއިރު މިފަހަރުގެ ފިލްމު ވަރަށް "ލޮނު މަޑު" ކަމަށެވެ.
އެގޮތުން ފިލްމުތަކުގެ ރިވިއުސް އާއްމުކުރާ ވެބްސައިޓެއް ކަމަށްވާ ރޮޓަން ޓޮމާޓޯސްގައި އެ ފިލްމަށް ލިބިފައިވަނީ އެންމެ %54 ޕަސެންޓެވެ.
ފިލްމުގެ ވާހަކައާއި އެކްޓިން ކަމުނުދިޔަ ނަމަވެސް ގިނަ ބަޔަކު ވަނީ އެ ފިލްމުގައި ބޭނުން ކޮށްފައިވާ ސްޕެޝަލް އިފެކްޓްސް އަށް ތައުރީފް ކޮށްފަ އެވެ.
އެގޮތުން އެ ފިލްމުގެ ސްޕެޝަލް އިފެކްޓްސް ފިޔަވައި ފިލްމު ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.
ސްކާލެޓް ޖޮނަސަންއާއި ޖޮނަތަން ބެއިލީ ލީޑު ރޯލުން ފެނިގެންދާ "ޖުރާސިކް ވޯލްޑް ރީބާތު"އަށް ބޮކްސް އޮފީހުގައި ވެސް ލިބެމުން އަންނަނީ ފިނި ތަރުހީބެކެވެ.