ނެޓްފްލިކްސްގައި މިވަގުތު އެންމެ ޓްރެންޑިން އެއް ޝޯއަކީ ކޮރެއާގެ ސީރީޒް "ސްކުއިޑް ގޭމް"ގެ ސީޒަން 3 އެކެވެ. މިހާތަނަށް ވެސް ގިނަ ބަޔަކު ވަނީ އެ ސީޒަން ބަލާފަ އެވެ.

އެހެން ނަމަވެސް މިފަހަރުގެ ސީޒަން ބެލި ގިނަ ބަޔަކު ވަނީ އެ ސީރީޒްގެ ކުރީގެ ސީޒަންތަކާ އަޅާބަލާއިރު މިފަހަރުގެ ސީޒަން ކަމުނުދާ ކަމަށް ބުނެފަ އެވެ.

ސީރީޒް ބެލި މީހުން އެކްސްގައި ޝުއޫރު ފާޅު ކުރަމުން ބުނެފައިވަނީ ސްކުއިޑް ގޭމް 3 ބެލުމަކީ އެ މީހެއްގެ ވަގުތު ބޭކާރު ކުރުން ކަމަށް ބުނެފަ އެވެ.

އެގޮތުން އެ ޝޯގެ ވާހަކައާއި ޓެކްނިކަލް ކަންކަމުގައި ވެސް ގިނަ އުނި ކަންތައްތަކެއް ހުރި ކަމަށް އެކްސްގައި ޓްވީޓްކުރި މީހުން ބުނަމުންދެ އެވެ.

"އަހަންނަކަށް ނޭނގެ އެ ސީރީޒްގައި އިނގިރޭސިން ވާހަކަ ދައްކަން އުޅުން ކަމެއް ނުވަތަ އެންމެން މަރުވުން ކަމެއް އެންމެ ބޮޑު ޖޯކަކީ،" މީހަކު ބުނެފައިވެ އެވެ.

ތިން ސީޒަނަށްފަހު ސްކުއިޑް ގޭމް އެއްކޮށް ނިމިފައިވާއިރު އެ ސީރީޒް ނިމިގެން ދިޔައީ ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ވަރަށް "ފޫހި" ގޮތަކަށް ކަމަށް ހަބަރުތައް ބުނެ އެވެ.