މިއަހަރުގެ މިނިވަންދުވަހާ ގުޅިގެން ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް މުހައްމަދު މުއިއްޒު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށް ވުމާއެކު، މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، ޖުލައި 28 ވާ ހޯމަ ދުވަހުގެ ޕްރޮގްރާމުގައި ވެސް މުހިންމު ބައެއް ކަންކަން ހިމެނޭތީ އެދުވަސް ބަންދު ކުރަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެހެންކަމުން ސަރުކާރު މުވައްޒަފުންނަށް އެ ހަފުތާ ބަންދާ އެކު ހަތަރު ދުވަސް ބަންދުވާނެ އެވެ.
އޮންލައިން ވަގުތު ގިނަވުމުން ސްޓްރެސް ބޮޑުވަނީ ކީއްވެ؟
އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފި
"ދައުލަތުގެ ފައިސާއިން ޕީއެންއެފް ހިންގުމުގެ ވިސްނުމެއް ނެތް"