ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިޒްރޭލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް ތުރުކީގެ ރައީސް ރަޖިބް ތައްޔިބް އުރުދުޣާން ވިދާޅުވެއްޖެ އެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ތުރުކީގެ އިސްތަންބޫލުގައި އަރަބި ލީގުގެ ޑިޕްލޮމެޓުންނާއެކު ކުރިއަށް ދިޔަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އުރުދުޣާން ވަނީ ބާރުގަދަ ގައުމުތަކުން އިޒްރޭލުގެ "ވިހަ" ގެ އަޑު ނާހައި، އެ ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުން އިތުރަށް ފުޅާވުން ހުއްޓުވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
އުރުޣާން ވިދާޅުވީ އިޒްރޭލުން އީރާނަށް ދިން ހަމަލާއިން އެގައުމުން އެއްވެސް ކަމެއް ސުލްހަވެރިކަމާއެކު ހައްލުކުރަން ބޭނުންނުވާކަން ހާމަވެއްޖެ ކަމަށާއި، ޔަހޫދީ ނަތަންޔާހޫ ބޭނުންވަނީ އެ ސަރަހައްދާއި މުޅި ދުނިޔެ ބޮޑު ކާރިސާއަކަށް ވައްޓާލުމަށް ކަމަށެވެ.
މިއާއެކު އުރުދުޣާން ވަނީ ހުޅަނގުގެ ގައުމުތަކުން އިޒްރޭލަށް ބޭނުންވާ ހުރިހާ އެހީއެއް ފޯރުކޮށްދޭ ކަމުގެ ތުހުމަތުކުރައްވާ، މެދު އިރުމަތީގެ ބޯޑަރު ލެއިން ފެވުމަށް ތުރުކީން ޖާގަ ނުދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ސްކްރީންތަކުން ކުޑަ ކުދިންގެ ސިކުނޑިއަށް ނޭދެވޭ އަސަރުކުރޭ!
އެމެރިކާއަށް ރަނގަޅު ފެށުމެއް، ކެނެޑާ އަށް ތާރީހީ ޕޮއިންޓެއް
ވޯލްޑް ކަޕާ 2026: ކޮންމެ މެޗެއްގެ ކުރިން ބޯޅަ "ޗާޖު" ކުރަން ޖެހޭ!