ކައިވެނި ޕާޓީއަކަށް ނުވަތަ ރަސްމީ ޖަލްސާއަކަށް ދާން ދައުވަތު ލިބިއްޖެނަމަ އެންމެ ފުރަތަމަ ވެސް ހިތަށް ވަންނަ ހިޔާލަކީ ލާނީ ކޮން ހެދުމެއްތޯ ކުރެވޭ ސުވާލެވެ.

ހާއްސަ ހަފްލާތަކަށް ހެދުން އެޅުމުގައި އިޖުތިމާއީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ބަލައިގަނެވޭ މިންގަނޑެއް އޮންނައިރު އެ މިންގަނޑުގެ ތެރެއިން ޒީނަތްތެރިވުމަކީ އެ ހަފްލާއަކަށް ދައުވަތު ގަބޫލުކުރާއިރު ތިބާގެ ބޮލުގައި އެޅޭ ޒިންމާ އެކެވެ.

މެންގޯގެ ހެދުމެއް

އެންމެ ފުރަތަމަ ވެސް ހަފްލާއަކަށް ދައުވަތު ލިބުމުން ވިސްނަން ޖެހެނީ އެ ހަފްލާއަކަށް ހާއްސަ "ޑްރެސް ކޯޑް"އެއް އޮތްތޯ އެވެ. ނޫންނަމަ އެ ހަފްލާއެއްގެ ޒާތުން ހެދުން އެޅުމަށް ބަދަލު ގެނެވިދާނެ އެވެ.

ކައިވެނި ޕާޓީތަކާއި އެނޫން ވެސް ނުރަސްމީ ހަފްލާތަކަށް ހެދުން އެޅުމުގައި އެންމެ އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ އެ ހަފްލާއެއް އޮންނަ މާހައުލެވެ.

އިންޑޯ ތަނެއްގައި އޮންނަ ހަފްލާއަކަށް ހެދުން އަޅާއިރު ބޯ ފޮތީގެ ހެދުން ޚިޔާރު ކުރި ނަމަވެސް އައުޓްޑޯ ތަނަކަށް ދާންޖެހޭނަމަ ލުއި ފޮތީގެ ހެދުން ހިޔާރުކުރުން މުހިއްމެވެ.

މެންގޯގެ ހެދުމެއް

އެއާއެކު ލާނެ ކުލައެއް ހިޔާރު ކުރާއިރު ތިމާގެ ހަންގަނޑާ އެންމެ ގުޅޭ ކުލައެއް ހިޔާރު ކުރަންވާނެ އެވެ. ގިނަ ދިވެހިންގެ ހަމުގެ ކުލައިގެ ގޮތުން އެންމެ ގުޅޭނީ ކަޅު، މުށި، ބާގަންޑީ ފަދަ ގަދަ ކުލަތަކެވެ.

ރަސްމީ ޖަލްސާއަކަށް ހެދުން އަޅަން ވިސްނާއިރު އެންމެ މުހިއްމު ކަމަކީ އިހްތިޔާރުކުރާ ހެދުމުން ތިބާގެ "ޕާސަނަލިޓީ" ދައްކައިދިނުމެވެ.

ކޯޓު ފަޓުލޫނު ނުވަތަ އެއްކޮށް ހުންނަ ހެދުމެއް ލާން ގަސްދުކުރި ނަމަވެސް ތަނބިކަށި ނިވާވާ ވަރަށް ހެދުން ބެހެއްޓުމަކީ ރަސްމީކަން ދައްކުވައިދޭ ކަމެކެވެ.

އެއާއެކު އެފަދަ ހެދުންތަކަށް ކުލަ އިހުތިޔާރު ކުރުމުގައި ނިއުޓްރަލް ކުލަތައް ހިޔާރު ކުރުމަކީ ވެސް ރަސްމީ ޖަލްސާތަކަށް އެންމެ އެކަށޭނަ ސްޓައިލެވެ

.

މެންގޯގެ ހެދުމެއް

ލާ ހެދުމާއެކު ބޭނުންކުރާ އެކްސެސޮރީޒް ނުވަތަ ދަބަސް، ފައިވާން އަދި ގަހަނާ ފަދަ ތަކެއްޗަކީ ވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެކެވެ.

އެގޮތުން ނުރަސްމީ ހަފްލާތަކުގައި ބޮޑަށް ފާހަގަވާ އެކްސެސޮރީޒް ބޭނުންކުރި ނަމަވެސް ރަސްމީ ޖަލްސާތަކަށް އެންމެ ރަނގަޅުވާނީ މިނިމަލިސްޓް އެކްސެސޮރީޒް އެވެ.

ރާއްޖޭގެ ސޮނީ ސްޕޯޓްސްއިން ހިންގާ މެންގޯއިން މިފަދަ ހާއްސަ ހަފްލާތަކަށް އެންމެ ޒަމާނީ ފެޝަން އައިޓަމްސް ލިބެން ހުންނާނެ އެވެ.