ދިރާގުން ބޮޑު އީދަށް ހާއްސަކޮށްގެން "އީދު ބޮލަށް ގޮން"ގެ ނަމުގައި ކުރިއަށްގެންދާ ފޯރިގަދަ ސޯޝަލް މީޑިއާ ގިވްއަވޭގައި ބައިވެރިގެން އަގު ހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
ދިރާގުން ބުނީ މި ގިވްއަވޭގައި ބައިވެރިވުމަށް ދިރާގު އިންސްޓަގްރާމް، ފޭސްބުކް އަދި އެކްސްގައިވާ މި ގިވްއަވޭގެ ހާއްސަ ޕޯސްޓުތަކުގެ ކޮމެންޓް ބައިގައި "އީދު ބޮލަށް ގޮން" ޖަހަން ބޭނުންވާ ރައްޓެހިންނަށް ޓެގްކުރުން ކަމަށެވެ.
މި ގިވްއަވޭގައި ކިތަންމެ ގިނަ ރައްޓެހިންނެއް ކިތަންމެ ފަހަރަކު ވެސް ޓެގް ކުރެވޭނެކަމަށާއި،ކޮންމެ ޓެގްއަކާއެކު އިނާމު ލިބުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.
"އީދު ބޮލަށް ގޮން" ގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ލަކީ ޑްރޯ މެދުވެރިކޮށް 3 ނަސީބުވެރިއެއް ހޮވުމަށް ހަމަޖެހިފައިވާއިރު، މި ނަސީބުވެރިންނަށް އަދި އެ ފަރާތްތަކުން ޓެގް ކުރި ފަރާތަށް ކަނޑައަޅައިފައިވާ އިނާމުތަކަކީ:
ފުރަތަމަ އިނާމު: 2 ޑީޖޭއައި ޑްރޯން
ދެވަނަ އިނާމު: 2 އެޕަލް އެއަރޕޮޑްސް (ތަރޑް ޖެނެރޭޝަން)
ތިންވަނަ އިނާމު: 2 ސެމްސަންގް ގެލެކްސީ ފިޓް 3 ސްމާޓްވޮޗް
މި ހާއްސަ އިނާމުތައް ހޯދުމުގެ ފުރުސަތު 11 ޖޫން 2025 ގެ ނިޔަލަށް ދިރާގުން ވަނީ ހުޅުވައިލައިފައެވެ.
ދިރާގަކީ އަބަދުވެސް އެކިއެކި ހާއްސަ މުނާސަބަތުތަކާ ގުޅުވައިގެން ތަފާތު އެކި ހަރަކާތްތައް އަގުހުރި އިނާމުތަކާ އެކު ކުރިއަށްގެންދާ ކުންފުންޏެކެވެ.