ފްރާންސްއަކީ ކުރިމަގުގައި މުޅި ދުނިޔެއަށް އެންމެ މުހިންމު އެއް ގައުމަށް ވެގެންދާނެ ކަމަށް ސައިންސްވެރިން ލަފާކޮށްފި އެވެ.

ސަބަބަކީ، ފްރާންސްގެ ލޮރޭން ސަރަހައްދުން ދުނިޔޭގެ އެންމެ ބޮޑު ގުދުރަތީ ހައިޑްރޮޖަން ޑިޕޮސިޓް ފެނުމާ ގުޅިގެންނެވެ. ލޮރޭން ޔުނިވާސިޓީގެ ޖިއޯރިސޯސަސް ލެބޯޓަރީގެ ސައިންޓިސްޓުން ހޯދާފައިވާ މި ޑިޕޮސިޓްގައި 46 މިލިއަން ޓަނުގެ ހައިޑްރޮޖަން އެކުލެވޭ ކަމަށް ލަފާކުރެވެ އެވެ.

މިއީ މިހާރު ދުނިޔޭގައި އުފައްދާ ހައިޑްރޮޖަންގެ ދެބައިކުޅަ އެއްބަޔާ އެއްވަރުގެ އަދަދެކެވެ. މި ހޯދުމަކީ ސާފު ހަކަތައިގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ކަމެއް ކަމަށް ސައިންޓިސްޓުން ބުނެ އެވެ.

މީގެ ސަބަބުން ގިނަ ގައުމުތަކަށް އިތުބާރުހުރި ގޮތެއްގައި ހަކަތަ ލިބި، ހަކަތައިގެ އަގުތައް ދަށްވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ދުނިޔޭގެ އިގްތިޞާދަށް ފައިދާކުރާނެ އެވެ.

މީގެ އިތުރުން، ފްރާންސްގެ މި ގޭސް ޑިޕޮސިޓަކީ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބާރަކަށް ވެގެންދާނެ ކަމެކެވެ. ގޭހަކީ ތެލަށްވުރެ ސާފު ހަކަތައެއް ކަމުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް މަދުކުރުމަށްވެސް މިކަމުން އެހީތެރިވެދޭނެ އެވެ.