ބެޑްބަގްސް (ތަންމަކުނު)ގެ އާބާދީ އިތުރުވެފައިވާ ގޮތް ސައިންޓިސްޓުން ދެނެގަނެފި އެވެ.

ސައިންސްވެރިންގެ މި ދިރާސާގެ ނަތީޖާ ބަޔޯލޮޖީ ލެޓާސް ޖާނަލްގައި ޝާއިއުކޮށްފައިވެ އެވެ.

މި ދިރާސާއިން ދައްކާގޮތުގައި އިންސާނުންގެ ނިދި ހަރާމްކުރާ މި ކުދި ސޫފިތައް ދިރިއުޅޭތާ 50،000 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވެ އެވެ.

ސައިންސްވެރިން ބުނީ، މި ސޫފިތަކުގެ އާބާދީ އިތުރުވެފައިވަނީ އިންސާނުން އެންމެ ފުރަތަމަ ދިރިއުޅުނު ހޮހޮޅަތަކުން ނުކުމެ ސިޓީތައް އުފެދުނު ހިސާބުން ކަމަށެވެ.

ދިރާސާއިން ދައްކާގޮތުގައި މި ކުދި ޖަނަވާރުތައް ދެ ބަޔަކަށް ބެހިފައިވެ އެވެ. އެއީ ވާލުތަކުގައި ދިރިއުޅޭ ބަޔަކާއި އިންސާނުންނާއެކު އުޅޭ ބައެވެ.

ސައިންސްވެރިން ބުނެފައިވާ ގޮތުގައި އައިސް އޭޖްގައި މި ދެ ބައިގެ އާބާދީ ވެސް ދަށަށް ގޮސްފައިވެ އެވެ.

ޖޯސެފް އާރް އެންޑް މޭރީ ޑަބްލިޔު ވިލްސަން އާބަން އެންޓޮމޮލޮޖީގެ އެސޯސިއޭޓް ޕްރޮފެސާ ވޯރަން ބޫތު ވިދާޅުވެފައިވަނީ މިއީ އިންސާނުންނާއެކު އުޅޭ ފުރަތަމަ ޖަނަވާރުތަކުގެ ތެރެއިން އެއް ބާވަތް ކަމަށެވެ. އަދި ފާއިތުވި 100 އަހަރު ތެރޭގައި މި ޖަނަވާރުތަކުގެ އާބާދީއަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.