ރައްޔިތުންނަށް ތެދުވެރިކަމާއި ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ފޯރުކޮށްދިނުން މުހިންމު ކަމަށާއި، އެފަދަ މާހައުލެއް ގާއިމުކުރުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެ އެވެ.
ޕޮލިސް މީޑިއާ ރިސެޕްޝަން 2025 ގައި ވާހަކަފުޅު ދައްކަވަމުން ނަވީން ވިދާޅުވީ ރައްޔިތުންނަށް އަމާން މާހައުލެއް ގާއިމުކޮށްދިނުމަށާއި، މީޑިއާއާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިކުރުވަން އުންމީދުކުރައްވާ ކަމަށެވެ.
މި ހަފުލާގައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ނާއިފް ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.
ފުލުހުންނާއި ނޫސްވެރިންގެ މެދުގައި އޮންނަ ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރުމަށާއި ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް ބޭނުންވާ މައުލޫމާތު އަވަހަށް ފޯރުކޮށްދިނުމަށް އޭނާ އެދިވަޑައިގެންފައިވެ އެވެ.
މި ހަފުލާގައި މީޑިއާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ މީޑިއާއަކަށް ވެސް ފުލުހުންގެ ފަރާތުން ހަނދާނީ ލިޔުމެއް އަރުވާފައިވެ އެވެ.
އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ފަރާތުން މައުލޫމާތު އެކަށީގެންވާ މިންވަރަށް އަދި، ވަގުތަށް ނުލިބޭކަމަކީ ނޫސްވެރިންގެ ކަންބޮޑުވުމެކެވެ. އެގޮތުން ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް ދޭ އެއްބާރުލުމުގެ ފެންވަރު ރަނގަޅު ކުރުމަށް އެދި ނޫސްވެރިން ވަނީ އެކި ފަހަރު މަތިން ނޫސްވެރިންގެ ބައްދަލުވުންތަކުގައި ޝަކުވާކޮށްފަ އެވެ.
ހާމަކަން ބޮޑެކޭ ނޫން ކިޔަންވީ،،،، ސާފު ސީދާ ތެދު ޚަބަރު، ކަން ހިނގިގޮތް ބަލާ ބޮޑެތި މަޤަމްގެ ތިބި ބައެއް ނަމަ އެފަރާތާއި އެ އާއިލާ ޙިމާޔަތްކޮށް ފޮރުވުމުގެ ބަދަލުގައި ހާމަކަން ބޮޑު ތެދ ޚަބަރު ރައްޔިތުންނަށް ފޯރުކޮށްދެންވީ ވަކި ބަޔަކަު ހިމާޔަތް ނުކޮށް، އަދުލުވެރިކަަން ޤާއިމް ކުރަން ދައުލަތުން ބޮޑު ޚަރދުކޮށް ޔުނިފޯރމް އަޅުވާފަ ތި ތިބެނީ.... ވަލި ސަރުކާރެއް އަވި މިނިަސްޓަރެއް ، ނުވަތަ ތިޔަ ލިބިފަ ތިބި މަޤާމް ހިމާޔަތް ކުރުމަކަށް ނޫން...
ރިޕްލައި