ގދ. ނަޑައްލާއިން ގެއްލިގެން ހޯދި މީހާ ފަޅު ރަށެއްގައި ހުއްޓާ ފެނިއްޖެ އެވެ،
ގެއްލިގެން ހޯދީ ހދ. ނޮޅިވަރަން، ސުހާނީ، އާދަމް އިބްރާހިމް 34އ، އެވެ.
ފުލުހުން ބުނީ އޭނާ ފެނިފައި ވަނީ ފުލުހުންނާއި ނަޑެއްލާގެ ރައްޔިތުންގެ ޓީމަކަށް ކަމަށެވެ.
ކޯސްޓްގާޑުން ވެސް އޭނާ ހޯދުމުގެ މަސައްކަތުގައި މިއަދު ހެނދުނުން ފެށިގެން ހަރަކާތްތެރިވެފައިވެ އެވެ. އޭނާ ހޯދުމުގެ ގޮތުން ނަޑެއްލާ ފަޅު ތެރެއިން 10 ފަޅުރަށް ބަލާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ނަޑެއްލާގެ އެކި ސަރަހައްދުތައް ވެސް ބަލާފާސް ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އާދަމް އިބްރާހީމް ގެއްލިފައިވާ މައްސަލާގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އިއްޔެ މެންދުރު 2:00 ހާއިރު ނަޑައްލާއަށް ކައިރިކުރި "އިތުބާރު" ނަމަކަށް ކިޔާ ދޯނިން އެ ރަށަށް ފޭބުމަށްފަހު އެނބުރި ދޯންޏަށް އައިސްފައިނުވާތީ އާއި އޭނާގެ އެއްވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ ރޭ 10:25 ގައި ކަމަށް ފުލުހުން ބުނެ އެވެ.