ދެވަނަ ދަރިފުޅު ލިބުނުތާ ދެ އަހަރެއްހާ ދުވަސް ފަހުން މަޝްހޫރު ލަވަކިޔުންތެރިޔާ ރިއާނާ ތިންވަނަ ދަރިއަކަށް ބަލިވެ އިންކަން ހާމަކޮށްފި އެވެ.

ރިއާނާ ބަނޑުބޮޑުކަން އިއުލާން ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ބޭއްވި މެޓް ގާލާގެ ރެޑް ކާޕެޓުގަ އެވެ. އެ ހަފްލާއަށް ރިއާނާ ބޭނުންކުރި ހެދުމުން އޭނާ ބަނޑު ބޮޑުކަން ފާހަގަވެ އެވެ.

ރިއާނާއާއި އޭނާގެ ބައިވެރިޔާ އޭސެޕް ރޮކީ އެމީހުންގެ ތިންވަނަ ދަރިފުޅަށް މަރުހަބާ ކިޔަން ތައްޔާރު ވެފައިވާއިރު އެއީ ބުނެދޭން ނޭނގޭ ކަހަލަ އިހުސާސެއް ކަމަށް އޭސެޕް ބުނެފައިވެ އެވެ.

"އަހަރުމެންގެ ހަޔާތުގެ އެންމެ ފަހުގެ އުސްއަލިތައް އާއްމުންނަށް ދައްކާލަންވީ ވަގުތު އައިސް ޖެހިއްޖެ. އަހަރުމެން މިތިބީ ވަރަށް އުފަލުން" އޭނާ ބުންޏެވެ.

މިއަހަރުގެ މެޓް ގާލާއިން ރިއާނާ ފެނިފައިވާއިރު މިއީ އެ ހަފްލާއިން އޭނާ ފެނުނު ފުރަތަމަ ފަހަރެވެ. އެ ހަފްލާއަށް އޭނާ ދިޔައީ ކަޅު ކުލައިގެ ހެދުމެއްގަ އެވެ.

ފާހަގަ ކޮށްލަންޖެހޭ ކަމަކީ އޭސެޕްއަކީ މެޓް ގާލާ އިވެންޓްގެ ކޯ ޗެއާއެއް ކަމެވެ. އެހެން ކަމުން އެ ހަފްލާގައި އޭނާއަށް ދަރިއަކު ލިބެން އުޅޭކަން އިއުލާން ކުރުން އިތުރަށް ހާއްސަ ވެގެންދެ އެވެ.