މިއަދުގެ ދިރިއުޅުމުގައި ދުވާލުގެ ގިނަ ވަގުތު އިށީނދެ އިންނަން ޖެހުމަކީ އާއްމު ކަމެކެވެ. ދިރިއުޅުމުގެ ވައްޓަފާޅިއާއި އަދާކުރާ ވަޒީފާގެ ގޮތުންނެވެ.
މާ ގިނައިރު އިށީނދެ އިނުމުން ސިއްހަތަށް ކުރާ އަސަރު ހަމަލޮލަށް ނުފެނުނު ކަމުގައި ވިޔަސް އެއީ ފޮރުވިފައިވާ ގިނަ ގެއްލުންތަކެއް ހަށިގަނޑަށް ދޭ ކަމެކެވެ.
ހިތުގެ ބަލިތައް
މާ ގިނައިރު އިށީނދެ އިނުމަކީ ހިތުން ހަށިގަނޑަށް ފޮނުވައިދޭ ލޭގެ މިންވަރު ދަށްކޮށްދޭ ކަމަކަށްވާއިރު އޭގެ ސަބަބުން ހިތުގެ ބައްޔާއި ކޮލެސްޓްރޯލް ފަދަ ބަލިތަކަށް މަގުފަހިވެ އެވެ.
ކަށިތައް ފީވުން
ހަރަކާތްތެރިވެ އުޅުން މަދުވުމަކީ ދިގު މުއްދަތުގައި އަތްފައިގެ ހުޅުތަކާއި ކަށިތަކުގެ ބާރު ދަށްކޮށްދީ ފީވުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ.
އުނަގަނޑުގައި ރިހުން
މާ ގިނައިން އިށީނދެ އިންނަން ޖެހޭ މީހުންގެ މެދުގައި ބުރަކަށްޓާއި އުނަގަނޑުގައި ރިހުމަކީ އާއްމު ކަމެކެވެ. ހާއްސަކޮށް އިށީނދެ އިންނައިރު ގުދު ލައިގެން ތިބޭ މީހުންނަށް މި ރިހުން ބޮޑުވެ އެވެ.
ނަފްސާނީ ސިއްހަތު ދަށްވުން
ހަރަކާތްތެރިވެ އުޅުން މަދު ދިރިއުޅުމުގެ ވައްޓަފާޅިއަކީ އެންޒައިޓީއާއި ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކަށް މީހާ ހުށައަޅައިދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.