މެލޭޝިޔާގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބޭއްވި ބައްދަލުވުން ގިނަ ދިވެހީންނާއި ކިޔަވާކުދިން ބޮއިކޮޓްކޮށްފި އެވެ.
ހަތަރު ހާހެއްހާ ދިވެހީން ދިރިއުޅޭ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާ ރައީސް މުއިއްޒު ބައްދަލުކުރެއްވުމަށް މިރޭ ގްރޭންޑް ހަޔާތުގައި ބޭއްވި ބައްދަލުވުމަށް ދިޔައީ ރައީސްގެ އަރިހުގައި މާލެއިން ވަޑައިގަތް ވަފްދުގެ ބޭފުޅުންނާއި އެމްބަސީގެ މުވައްޒަފުން ހިމެނޭހެން 60 ވަރަކަށް މީހުންނެވެ.
މެލޭޝިޔާގެ މަޝްހޫރު ޔުނިވާސިޓީތަކުގެ ތެރޭގައި ހިމެނޭ ޓެއިލާސް އާއި ސަންވޭ އާއި މޮނާޝް އާއި އޭޕީޔޫ ފަދަ ޔުނިވާސިޓީތަކުގައި ކިޔަވާ ގިނަ ދިވެހި ދަރިވަރުން ވަނީ އެ ބައްދަލުވުން ބޮއިކޮޓްކޮށްފަ އެވެ.
އެ ގައުމުގައި ދިރިއުޅޭ ބައެއް ދިވެހީން "ހުރިހާ"އަށް ކިޔައިދިންގޮތުގައި އެ މީހުން އެ ބައްދަލުވުމަށް ނުދިޔައީ އެމްބަސީގެ ފަރާތުން ލިބެންޖެހޭ ހިދުމަތްތައް ނުލިބޭތީ ކަަމަށެވެ. އެގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކީ ވިސާ ހޯދައިދިނުމުގައި ދިމާވެފައިވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްނުދިނުން ކަމަށް އެ މީހުން ކިޔައިދިނެވެ.
އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި މެލޭޝިއާގައި ތައުލީމް ހާސިލްކުރާ ދަރިވަރުންގެ ޖަމްއިއްޔާއަށް ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން 3،000 ޑޮލަރު ޖަމާކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ޓޮމާޓޯ ރަނގަޅަށް ކެވޭނަމަ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭ
މިނިވަން ނޫސްވެރިކަމުގެ އިންޑެކްސް އިން ރާއްޖެއަށް ވެއްޓުމެއް
ޓީއެމްއޭ އާއި މަންޓާ އެއާގެ މުސާރަތައް ކުޑަކުރަނީ
މިފަދަ ދަތުރުތަކުން ހޯދައިދޭން ޖެހެނީ އެތަނުގައި ދިރިއުޅޭ ދިވެހިންނަށް ލުއިފަސޭހަ ކޮށް ދިރިއުޅެވޭނެގޮތް. ޥިސާގެ ލުއިފަސޭހަކަން. މީގެ އެއްވެސް ކަމެއް ކޮށްދޭކަށް މަޝްވަރާއެއް ނުކުރޭ.