ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓި އަނިޔާވެގެން ފަރުވާދޭން ފަަށައިފި އެވެ.
ފުލުހުން ބުނި ގޮތުގައި، މިއަދު ހެނދުނު 7:30 ހާއިރު ފެނުނީ 21 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ވެއްޓިފައި އޮތީ ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅު މައްޗަށެވެ.
ވެއްޓިފައި އޮއްވައި ފެނުނީ އުމުރުން 21 އަހަރުގެ އަންހެނެކެވެ. އެކަމަކު އޭނާ ވެއްޓުނީ ކިތައް ވަނަ ފްލޯ އިން ކަމާއި ލިބުނު އަނިޔާގެ އެއްވެސް ތަފުސީލެއް ފުލުހުން މީޑިއާއާ ހިއްސާއެއް ނުކުރި އެވެ.
ފުލުހުން ހަމައެކަނި ބުނީ އެމްއެންޑީއެފުގެ ފަޔާ އެންޑް ރެސްކިއުގެ އެހީތެރިކަމާ އެކު، އެ މީހާ ނަގައިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އެ ތަނުގައި ފަރުވާދެމުން އަންނަ ކަމަށެވެ.
މިހާދިސާގައި އެ މީހާ އަށް ލިބުނު އަނިޔާގެ ތަފްސީލެއް ސާފެއް ނުވި އެވެ.
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.