މި ހަފްތާ ބަންދުގައި ރާއްޖޭގެ މޫސުން ގޯސްވެ، ވިއްސާރަވެ، ގަދަވާނެ ކަމަށް ގައުމީ މޫސުމާބެހޭ އިދާރާ (މެޓް) އިން ބުނެފި އެވެ.
މެޓް އިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ގުގުރުމާއެކު ވިއްސާރަވެ، ވައި ގަދަވާނެ އެވެ. އަދި ހޮނިހިރު ދުވަހު އުތުރާއި މެދު ރާއްޖެތެރެއަށް ވިއްސާރަވެ، ދެކުނު ސަރަޙައްދުތަކަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މިއީ ރާއްޖެއަށް ވިއްސާރަ މޫސުމެއް ކަމަށްވާތީ، މެޓް އޮފީހުން ކޮންމެ ދުވަހަކުހެން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ހުދު ސަމާލުކަން ނެރެމުންދެ އެވެ. މިގޮތުން އިއްޔެ ރޭ ވެސް ބ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ރޭގަނޑު 22:30 އިން ފެށިގެން ދަންވަރު 03:00 އާ ހަމައަށް ހުދު ސަމާލުކަމެއް ނެރުނެވެ.
މެޓް އިން ބުނާ ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖަހައި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެ އެވެ.