މާލޭ ދަފްތަރު ކެޓަގަރީން ހިޔާ މަޝްރޫއުގެ ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން އާންމުކޮށްފިއެވެ.
ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މާދަމާ އިން ފެށިގެން އޮކްޓޫބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ 15:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.
އެ ފްލެޓަށް ހުށަހެޅި މީހުންނަށް ޕޮއިންޓް ދީފައި ވަނީ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ބެލުމަށްފަހުއެވެ. ނަމަވެސް ބައެއް ސަބަބުތަކާ ހުރެ ދިރިއުޅުމުގެ ހާލަތު ބަލަން ނުދެވޭ ގެތައް ވެސް އެބަހުއްޓެވެ. ދިރިއުޅުމުގެ ހާލަތު ބެލުމުގެ ކަންކަން ކުރިއަށް ނުގެންދެވުނު މީހުންގެ ނަންތައް ސަބަބާއެކު އެ ލިސްޓުގައި ވަނީ ބަޔާންކޮށްފައެވެ.
އެ ކެޓަގަރީން ފްލެޓަށް އެދުނު މީހުންގެ ތެރެއިން 25 މީހެއްގެ ޝަރުތު ހަމަނުވާ ކަމަށް ވެސް އެ ކޮމިޓީން ވަނީ ނިންމާފައެވެ.
އެ ކެޓަގަރީގެ އިތުރުން މިހާތަނަށް ވަގުތީ ލިސްޓް އާންމުކޮށްފައި ވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީ އާއި ޓީޗަރުންނަށް ހާއްސަ ކެޓަގަރީ އާއި މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ހާއްސަ ކެޓަގަރީ އިންނެވެ.
އެއް ކަސްރަތަކުން ތަފާތު 8 ބައްޔެއްގެ ނުރައްކާ ކުޑަވޭ!
ސްމާޓް އައިޑީ ކާޑާއެކު ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަނީ
ކުލާހުގައި ޓެކްނޮލޮޖީ ބޭނުން ކުރާނަމަ ކިޔެވުމަށް ހުރަސް އެޅޭ!
