ކިމް ކާޑޭޝަންއަކީ ކަންކަމުގައި ވަރަށް ދެފުށް ދެގޮތް މީހެއް ކަމަށް ބުނެ އޭނާގެ ކޮއްކޮ ކްލޯއީ ކާޑޭޝަން ފާޅުގައި ތުހުމަތުތަކެއް ކޮށްފި އެވެ.

"ދަ ކާޑޭޝަންސް"އިން ނަގާފައިވާ ވީޑިއޯއެއް އިންޓަނެޓުގައި ދައުރުވަމުން ދާއިރު އެ ވީޑިއޯގައި މިވަގުތު ގައުމުން ބޭރުގައި ހުރި ކިމްގެ ދަރިފުޅު ނޯތު ދުރުގައި ހުރެގެން ވެސް އެކި ކަންކަމުގައި އޭނާއަށް ގުޅާ ކަމަށް ކިމް ބުނެ އެވެ.

އެ ވީޑިއޯގައި ކިމް ބުނެދޭން މަސައްކަތް ކޮށްފައިވަނީ އޭނާއާއި އޭނާގެ ދަރިންގެ މެދުގައި ވަރަށް ގާތް ގުޅުމެއް އޮންނަކަން ކަން ހާމަވެ އެވެ.

އޭގެ ފަހުން ދެން އެ ވީޑިއޯ ބަދަލުވަނީ ތަންކޮޅެއް ކުރިން ކިމްއާއި ކްލޯއީއާ ދެމެދު ދެކެވުނު ވާހަކަ އަކަށެވެ. އެ ވާހަކައިގައި ކިމް ބުނަނީ ދަރިންނާ އެކަށީގެންވާ ދުރުމިނެއް ގެންގުޅުމަކީ ރަނގަޅު ކަމެއް ކަމަށެވެ.

އެހެން ކަމުން މިކަން ފާހަގަކޮށް ކިމްއަކީ ދަރިން ބެލެހެއްޓުމުގައި ދެފުށް ދެގޮތް އުސޫލުތަކެއް ގެންގުޅޭ މީހެއް ކަމަށް ކްލޯއީ ބުނެފައިވެ އެވެ.

ކިމްއާ ބެހޭގޮތުން ކްލޯއީ ދައްކާފައި މިވާ ވާހަކަތަކަށް އެމީހުންގެ މަންމަ ކްރިސް ޖެނާ ވެސް އެއްބަސްވެ އޭނާއަކީ އެކަހަލަ މީހެއް ކަމަށް ބުންޏެވެ.

ކާޑޭޝަން އާއިލާއަކީ މީޑިއާގައި ނުފޫޒުގަދަ އާއިލާއަކަށް ވާއިރު އެމީހުންގެ ކޮންމެ ކަމަކަށް މީޑިއާއިން ވަރަށް ބޮޑު ސަމާލުކަމެއް ދެ އެވެ.