އިނގިރޭސި މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ އާ ވީޑިއޯއަކާއެކު އޭނާގެ ފޭނުންގެ މެދުގައި އިތުރު ކަންބޮޑުވުންތަކެއް އުފެދިއްޖެ އެވެ.
މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯގައި ބްރިޓްނީގެ އިސްތަށިގަނޑު ހާވާލާފައި ހުންނައިރު ނިޔަފަތިތައް ވެސް އެއްކޮށް ނެއްޓިފައިވާ މަންޒަރު ފެނެ އެވެ.
އެއާއެކު ވީޑިއޯގައި އޭނާ ވާހަކަ ދައްކަމުން ދިޔައިރު ވާހަކަ ދެއްކުމުގައި ވެސް އާދަޔާ ހިލާފު ކަމެއް ހުރިކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.
"ތިޔައީ ހަމަ ބްރިޓްނީތަ؟ އޭނާގެ އުޅުމާއި ގުނަވަންތަކަށް ވެސް ވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައި" އެކްސްގައި ޕޯސްޓުކުރި މީހަކު ބުންޏެވެ.
މި ވީިޑިއޯއާއެކު ބްރިޓްނީގެ ނަފްސާނީ ސިއްހަތު އިތުރަށް ދަށްވަމުން އަންނަ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ. އެގޮތުން އޭނާގެ އަމިއްލަ ނަފްސަށް ގެއްލުންދޭން ފަށާފާނެ ކަމަށް ވެސް ބުނެވެ އެވެ.
މީގެ ކުރިންވެސް ބްރިޓްނީގެ މިފަދަ ވީޑިއޯތަކެއް އާއްމުވިއިރު އޭރުވެސް އޭނާގެ ނަފްސާނީ މައްސަލަތަކެއް އުޅޭކަން ވަނީ ފާހަގަވެފަ އެވެ.

ރާއްޖެއަށް ވެސް އީދު ދުވަހަކީ ހުކުރު ދުވަސް
ދިރާގުން ދޭ ފަހު ސްޕީޑް ބޯޓު ހޯދުން މިމަހުގެ ނިޔަލަށް
ސުވާލާއި ޖަވާބު: ފިތުރު ޒަކާތް ނެރެންޖެހޭ އެންމެ ފަހު ވަގުތަކީ؟