ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު 140 ސިނގިރޭޓް ކާޓޫން ނެރުނު މައްސަލަ ބަލަމުން އަންނަ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.
ކަސްޓަމްސް އިން މިރޭ އެކްސްގައި ބުނީ ވީއައިއޭގެ ޑިޕާޗާ ޓާމިނަލުން މިއަދު ނެރުނު ޑަސްބިން ބޭގްތަ ޗެކްކުރިއިރު، ސިނގިރޭޓް ކާޓޫންތަކެއް ފެނުނު މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
އެނގިފައިވާގޮތުގައި އެ ސިނގިރޭޓް ކާޓޫންތަކަކީ އެތަނުގެ ޑިއުޓީ ފްރީ ފިހާރައިން ނެރުނު އެއްޗިހިތަކެކެވެ. އެތަކެތި ނެރުނީ އެއާޕޯޓްގައި މަސައްކަތްކުރާ ފުލުހެކެވެ.
ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރި ފަހުން ގަވާއިދާ ހިލާފަށް ސިނގިރޭޓް ރާއްޖެ އެތެރެކުރުން ފަދަ ކަންކަން އަންނަނީ ތަކުރާރުވަމުންނެވެ. އަދި ސިނގިރޭޓް ގިނަ އަދަދަކަށް ވަގަށް ނެގުން ވެސް އިތުރުވެފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ނުބުނެ އެވެ.
ޖޭސްމިންގެ އުފަން ދުވަސް ފާހަގަ ކުރަން ޖެހުނީ ހޮސްޕިޓަލުގައި!
ޝީއިން އާއި ޓެމޫ ކޮންޓްރޯލް ކުރަން ފްރާންސްގައި ގާނޫނެއް
ހާލާންޑްގެ ލަނޑާއެކު ނޯވޭ ގަދަ 16 އަށް
