ރޯދަ މަލާފަތުގެ މިއަދުގެ ސެގްމެންޓްގައި މި ގެނެސްދެނީ ކުރިން ގެނެސްދެވުނު ކެއުންތަކާއި މުޅިން ތަފާތު ކެއުމެކެވެ. ދިވެހިވަންތަ ކެއުމެކެވެ.

ދިވެހި ރަހަތަކަށް ލޯބިކުރައްވާ ބޭފުޅުންނަށް މިއީ ކަމުދާނެ ކެއުމެކެވެ. ދިވެހި ކެއުމެއް ތައްޔާރު ކުރާނަމަ ސުފުރާ މަތި އިތުރަށް ފަޅުފިލުވާ ދޭނެ އެވެ.

ބޭނުންވާ ތަކެތި

  • 4 ގަބުޅި ފެން އަދި ހެވާ
  • 1 ގަނޑު ވަޅޯމަސް (ހިމުން ކޮށް ކޮށާފައި)
  • 2 ފިޔާ (ތުނިކޮށް ކޮށާފައި)
  • 1 ގިތެޔޮ މިރުސް (ކުދިކޮށް ކޮށާފައި)
  • 2 ހިކަނދިފަތް (ކުދިކޮށް ކޮށާފައި)
  • 1 ލުނބޯ
  • ލޮނު (ރަހަލާވަރަށް)
  • މުގުރި އަސޭމިރުސް (ރަހަލާވަރަށް)

ތައްޔާރު ކުރާނެ ގޮތް

  1. ގަބުޅި ފެނާއި ހެވާ ތަށްޓަކަށް އަޅާ މައްޗަށް ކުޑަ ލޮނު ކޮޅެއް ޖަހާ މޮޑެލުމަށްފަހު މަތި ޖަހާފައިވާ 7 މިނެޓް ވަން ދެން ބަހައްޓާށެވެ.
  2. އެހެން ތަށްޓެއްގައި ފިޔާ، ގިތެޔޮ މިރުސް، ހިކަނދިފަތް އަދި ލުނބޯ ރަނގަޅަށް މޮޑެލާށެވެ. އަދި މަސްކޮޅު އިތުރަށް ހިމުންކޮށް އޭގެ ތެރެއަށް އެއްކޮށް ކުޑަ ލޮނުކޮޅެއް އެޅުމަށްފަހު ރަނގަޅަށް މޮޑޭށެވެ. ރަހަމީރު ކޮށްލުމަށްޓަކައި ކުޑަ މުގުރި އަސޭރިމުސް ކޮޅެއް އެއްކުރެވިދާނެ އެވެ.
  3. އެއަށްފަހު މޮޑުނު މަސްގަނޑު ގަބުޅި އަޅާފައި ހުރި ތަށީގެ މައްޗަށް ބުރުވާލުމަށްފަހު 5 މިނެޓު ވަންދެން ތަށީގެ މަތިޖަހާފައި ބަހައްޓާށެވެ.
  4. އެއަށްފަހު ހުރިހާ އެއްޗެއް އެއްކޮށް ރަނގަޅަށް މޮޑެލުމަށްފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ.