ވާހަކަ ލިޔުންތެރިޔާ ޟުހާ އަހްމަދުގެ "ރަގީ" ވާހަކަފޮތް ނެރެފި އެވެ.

ޟުހާ ބުނީ މިއީ އޭނާގެ ހުވަފެން ހަގީގަތަކަށް ވި ފޮޓެއް ކަމަަށެވެ. މިފޮތުގެ މަގުސަދަކީ، ސިހުރާއި، ރޫޙާނީ މައްސަލަތަކާއި، ޖިންނި ޝައިޠާނުންގެ އުނދަގޫތަކުގެ މައްޗަށް ބިނާކޮށް، ހަގީގީ ހާދިސާތައް ހިމަނައިގެން ކިޔާލަން ޝައުގުވެރިވާ ގޮތަކަށް ވާހަކައެއް ގެނެސްދިނުން ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު އުންމީދު ކުރަނީ މި ފޮތަކީ، ކިޔުންތެރިންނަށް ހިތްހަމަ ޖެހުން ގެނުވައިދޭ، މައުލޫމާތުގެ ހަޒާނާ އަށް ކޮންމެ ވެސް މިންވަރެއް އިތުރުކޮށްދޭނެ ފޮތަކަށް ވާނެކަމަށް،" ޟުހާ ބުންޏެވެ.

އެ ފޮތް ނެރުމުގެ މަސައްކަތުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް އޭނާ ޝުކުރު އަދާކޮށްފަ އެވެ. ޟުހާ އަކީ 2021 ވަނަ އަހަރުން ފެށިގެން ވާހަކަ ލިޔަމުން އަންނަ މީހެކެވެ. މި ގޮތުން ބިރުވެރި ވާހަކައާއި ލޯބީގެ ވާހަކައިގެ އިތުރުން ތަހުގީގީ ވާހަކަ ތަކާއި އާންމު ދިރިއުޅުމާ ގުޅޭ އެކި ކަހަލަ ވާހަކަ ނޫސް މެދުވެރިކޮށް އޭނާ ގެނެސްދީފައިވެ އެވެ.

ފޮތް ގަންނަން ބޭނުންވާނަމަ 7947975 އަށް ގުޅާލުމުން އެކަން ހަމަޖެހޭނެ އެވެ.