ބޮލީވުޑްގެ މަޝްހޫރު ތަރި ޖޯން އަބްރަހަމް މެދުކެނޑުމެއް ނެތި ކޮންމެ ދުވަހަކު ޖިމްއަށް ދާތާ 35 އަހަރު ވެއްޖެ ކަމަށް އޭނާ ބުނެފި އެވެ.
ދާދި ފަހުން މީޑިއާއާ ވާހަކަ ދައްކަމުން ޖޯން ބުނީ އޭނާގެ ހަށިގަނޑު ރީތިކޮށް ހުރުމުގެ ފަހަތުގައި ވަނީ ގަވާއިދުން ޖިމްއަށް ގޮސް ކަސްރަތު ކުރުން ކަމަށެވެ.
"އެއްވެސް ދުވަހެއް ވައްޓާނުލައި ޖިމްއަށް ދާތާ 35 އަހަރު ވެއްޖެ. މިހާ ފިޓް ކޮށް ހުރުމުގެ ސިއްރަކީ އެއީ ކަންނޭނގެ" ޖޯން ބުންޏެވެ.
އޭނާ އިތުރަށް ބުނީ ފިޓްނަސްއަކީ އޭނާގެ "ދީން" ކަމަށާއި އޭނާގެ މުޅި ދިރިއުޅުން ބައްޓަން ކުރަނީ އެކަމަށް ސަމާލުކަން ދީގެން ކަމަށެވެ.
މިހާރު އުމުރުން 52 އަހަރުގެ ޖޯންއަކީ އަދިވެސް ބޮލީވުޑްގައި ހަރަކާތްތެރިވާ އެންމެ ފިޓް ފިރިހެން ތަރިންގެ ތެރޭގައި ހިމެނޭ ތަރި އެކެވެ.
ބޮލީވުޑްގެ ތަފާތު ގިނަ ފިލްމުތަކަކުން ފެނިފައިވާ ޖޯންގެ ފިލްމުތަކުގެ ތެރޭގައި "ދޫމް"ގެ ފިލްމުތަކާއި "ހައުސްފުލް"ގެ ފިލްމުތައް ހިމެނެ އެވެ.

ހަނގުރާމައާ ދެކޮޅުހަދައި އެމެރިކާގެ ވެރިޔަކު އިސްތިއުފާ ދީފި
ލަންކާއިން މަސައްކަތު ހަފްތާ ހަތަރު ދުވަހަށް ބަދަލުކޮށްފި
ގިނަ ގައުމުތަކުން ޓްރަމްޕްގެ ގޮވާލުމަށް ނޫނެކޭ ބުނެފި