އެމްޑީޕީ ގައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސް އިންތިހާބުކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ހުސައިން ހަސަން ކާމިޔާބުކޮށްފި އެވެ.

އޭނާ ބައި-އިލެކްޝަން ކާމިޔާބުކުރީ ވިލިނގިލި ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ސައުދު ހުސައިނާ ވާދަކޮށްގެންނެވެ.

ހުސައިން ބައި-އިލެކްޝަން ކާމިޔާބުކުރީ 192 ވޯޓު ހޯއްދަވައިގެންނެވެ. ސައުދަށް ލިބިވަޑައިގަތީ 172 ވޯޓެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ވިލިނގިލި ދާއިރާގެ ރައީސް އިންތިހާބުކުރުމަށް ވޯޓުލުން ކުރިއަށްގެންދިޔައީ މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00އަށެވެ.

ވޯޓުލުން ކުރިއަށްގެންގޮސްފައި ވަނީ ވިލިނގިލީގެ އިތުރުން މާލޭގައެވެ.