ބޮލީވުޑްގެ އަރަމުން އަންނަ ޒުވާން ދެ ތަރިން ކަމަށްވާ އިބްރާހީމް އަލީ ޚާންއާއި ޚުޝީ ކަޕޫރުގެ އެންމެ ފަހުގެ ލަވަ "ގަލަތުފޭމީ"އަށް ބޮޑު ތަރުހީބެއް ލިބެމުން އެބަދެ އެވެ.

އެ ދެތަރިންގެ ކުރިއަށް އޮތް ފިލްމު "ނާދާނިޔާން"ގެ ދެވަނަ ލަވައެއްގެ ގޮތުގައި ސޮނީ ޓީވީ އިންޑިއާއިން އެ ލަވަ ޔޫޓިއުބަށް ނެރެފައިވާއިރު މިހާތަނަށް އެ ލަވައަށް 11 މިލއަން ވިއުސް ލިބިފައިވެ އެވެ.

"ގަލަތުފޭހްމީ"އަކީ ދެ ލޯބިވެރިންގެ މެދުގައި އުފެދޭ އޮޅުންގަނޑެއްގެ ސަބަބުން ކުރިމަތިވާ ހިތް ހަލާކުގެ އިހުސާސްތައް ދައްކުވައިދޭ ލަވަ އެކެވެ.

https://www.youtube.com/watch?v=ISTuc98ffS4

އެ ލަވަ ބެލި މީހުން ބުނާ ގޮތުގައި އެއީ ދެ ލޯބިވެރިންގެ މެދުގައި އުފެދޭ ކޫސަނި ދެބަސްވުންތަކެއްގެ ސަބަބުން އެ ގުޅުމަށް ކުރާ އަސަރު ވަރަށް ރީތިކޮށް ދައްކުވައިދޭ ލަވަ އެކެވެ.

މީގެ ކުރިން ވެސް "ނާދާނިޔާން"ގެ ލަވައެއް ރިލީޒް ކުރެވިފައިވާއިރު އެ ލަވައަށް ވެސް ބެލުންތެރިންގެ މަގުބޫލުކަން ލިބިފައިވެ އެވެ. އެ ލަވައިގެ ނަމަކީ "އިޝްގް މެއިން" އެވެ.

ބޮލީވުޑްގެ ދެ އާއިލާއަކަށް ނިސްބަތްވާ ޚުޝީއާއި އިބްރާހިމް އެކުގައި ފެންނަ މި ފިލްމަށް ގިނަ ބަޔަކު މިހާރު ވެސް އަންނަނީ އިންތިޒާރު ކުރަމުންނެވެ.