ހޮލީވުޑްގެ ކުރީގެ މަޝްހޫރު ޖޯޑެއް ކަމަށްވާ ކާންޔޭ ވެސްޓްއާއި ކިމް ކާޑޭޝިއަން މިފަހުން އެކުގައި ފެނިފައިވާ ކަމަށް ހަބަރުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ކިމްއާއި ކާންޔޭ އެކުގައި ފެނިފައިވަނީ އެމީހުންގެ ދޮށީ ދަރިފުޅު، އުމުރުން 11 އަހަރުގެ ނޯތު ވެސްޓްއަށްޓަކަ އެވެ. އެގޮތުން ހޮލީވުޑް ބައުލް ކޮންސެޓް އިވެންޓްގައި ނޯތު ހުށައަޅައިދިން ހުށައެޅުން ބަލާލުމަށްޓަކައި ކިމްއާއި ކާންޔޭ ވަނީ އެކުގައި އެ އިވެންޓް އޮތް ތަނަށް ގޮސްފަ އެވެ.
އެ އިވެންޓުގައި ނޯތު އޭނާގެ ހުށައެޅުން ހުށައަޅަމުން ދިޔަ ވަގުތު ކިމްއާއި ކާންޔޭ އޭނާއަށް ތަރުހީބުދޭ މަންޒަރު ފެންނަ ވީޑިއޯތައު ވެސް މިހާރު ދަނީ ދައުރުވަމުންނެވެ.
2014 ވަނަ އަހަރު ކައިވެނިކުރި ކިމްއާއި ކާންޔޭ، ހަ އަހަރަށްފަހު ވަރިވީ 2021 ވަނަ އަހަރު އެވެ. އެ ދެމީހުންނަށް ހަތަރު ދަރިން ލިބުނެވެ.
ކައިވެނި ރޫޅުމަށްފަހު ވެސް ކިމްއާއި ކާންޔޭ އަންނަނީ އެކި ފަހަރުމަތިން އެމީހުންގެ ދަރިންނަށްޓަކައި އެއްތަންވެ އެކަކު އަނެކަކަށް އެހީތެރިވަމުންނެވެ.

ސުވާލާއި ޖަވާބު: ފިތުރު ޒަކާތް ނެރެންޖެހޭ އެންމެ ފަހު ވަގުތަކީ؟
އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އަވަހާރަކޮށްލައިފި
300 އަށް ވުރެ ގިނަ ފްލައިޓް ކެންސަލް، 60 ހާސް ބުކިން ކެންސަލް