މި މަހު 14ގައި ރިލީޒްކޮށްފައިވާ މާވެލްއެ އާ ފިލްމު "ކެޕްޓަން އެމެރިކާ: ބްރޭވް ނިއު ވޯލްޑް"ގެ ފެށުން ރަނގަޅު ކަމަށް ހޮލީވުޑްްގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.
މި ފިލްމަކީ ކްރިސް އިވަންސްގެ ކެޕްޓަން އެމެރިކާގެ ރޯލު ނިމުމުން، އޭނާގެ ބަދަލުގައި އެންތޮނީ މެކީ ލީޑް ރޯލުން ފެނުނު ފުރަތަމަ މާވެލް ފިލްމެވެ. އެންތޮނީ މެކީ މި ފިލްމުން ފެންނާނީ ކުރިންވެސް މާވެލްގެ ފިލްމުތަކުން ފެނުނު "ސެމް ވިލްސަން"ގެ ރޯލުންނެވެ.
މި ފިލްމަށް ރޮޓެން ޓޯމާޓޯސް އިން 50 ޕަސެންޓްގެ ސްކޯއެއް ލިބިފައިވާ އިރު، ސިނެމާ ސްކޯއިން ބީ މައިނަސް ގްރޭޑް ވަނީ ލިބިފަ އެވެ. އަދި މި ފިލްމަށް މިހާތަނަށް މުޅި ދުނިޔެއިން 192 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާއިރު، މިއީ 2025 ގައި މި ވަރުގެ އާމްދަނީއެއް ހޯދި ފުރަތަމަ ފިލްމުމަަށް ބޮކްސް އޮފީހުން ވަނީ ބުނެފަ އެވެ.
މީގެ ކުރިން މާވެލްގެ ފިލްމު "ދި މާވެލްސް" އަށް ލިބުނު ފިނި ތަރުހީބަށް ފަހު މި ފިލްމުގެ ކާމިޔާބީއަކީ މާވެލް ސްޓޫޑިއޯއަށް ލިބުނު ހިތްހަމަޖެހުމެއް ކަމަށް ފޭނުން ދެކެވެ.
މި ފިލްމަށްފަހު ދެން ނުކުންނާނީ މާވެލްގެ "ތަންޑާބޮލްޓްސް" އެވެ. މި ފިލްމު މިއަަހަރު ރިލީޒް ކުރާނެ ކަމަށް މާވެލްއިން ވަނީ ބުނެފަ އެވެ.